Advertisement
BML Home 2nd Ad

100 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ކްރިމިނަލް ކޯޓުން ސިއްރުކުރި އަމުރު ލީކުވެއްޖެ!

ސިއްރުކުރި އަމުރު ރައްދުވަނީ މައްސަލައިގައި މަސްތުވާތަކެތި ކަނޑުމަގުން އެތެރެކުރި އިސްމީހާއަށް - ދޫކޮށްލިއިރު ގިނަ ހެކިތަކެއް ހުށަހަޅާފައިވޭ

މި ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ސިއްރުކުރި އަމުރު ލީކުވެއްޖެއެވެ. މި ނޫހަށް މި އަމުރުގެ ކޮޕީއެއް ވަނީ ލިބިފައެވެ.

Advertisement
Etukuri Inside ad 300x300 Desktop

– ސިއްރުކުރި އަމުރު ރައްދުވަނީ މައްސަލައިގައި މަސްތުވާތަކެތި ކަނޑުމަގުން އެތެރެކުރި އިސްމީހާއަށް

މިއަހަރު އޮކްޓޫބަރު މަހު ރާއްޖެއަށް އެތެރެކުރި 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި 8 ދިވެހިން ހައްޔަރުކުރިއެވެ. މިއީ ފުލުހުން ގިނަ މަސައްކަތްތަކެއް ކޮށް ސަފާރީއަކާއި މާލެއާއި ހުޅުމާލޭގެ 10 ތަނެއް ބަލާފާސްކުރި އޮޕަރޭޝަނެކެވެ. އެހެންނަމަވެސް މިމައްސަލައިގައި ހައްޔަރުކުރި ހުރިހާ ދިވެހީން ކޯޓުން ވަނީ ދޫކޮށްލާފައެވެ. ކްރިމިނަލް ކޯޓުން ދޫކޮށްލި ދިވެހީންގެ ތެރެއިން އެކޯޓުން ސިއްރުކުރި އަމުރަކީ މިމައްސަލާގައި ބޮޑުންގެ ގޮތުގައި ހިމެނޭ މީހުންގެ ތެރެއިން އެކަކުކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެއެވެ.

– ދޫކޮށްލިއިރު ގިނަ ހެކިތަކެއް ހުށަހަޅާފައިވޭ

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން ސިއްރުކުރި އަމުރުގައި ތުހުމަތުކުރެވޭ މީހާއަކީ މި އޮޕަރޭޝަންގައި އެންމެ އިސްދައުރެއް އަދާކުރި އެކަކެވެ. އެގޮތުން މީނާއަކީ ލޯންޗެއްގައި ދިގު ދަތުރެއްކޮށް ސަފާރީއިން ލޯންޗަށް މަސްތުވާތަކެތި އަރުވައި އެ ލޯންޗުން މަސްތުވާތަކެތި އދ. ބޮޑުކާށިހުރާއަށް ގެންދިޔަ ފަރާތެވެ. މިމައްސަލާގައި ތުހުމަތުކުރެވުނު މީހުންގެ ތެރެއިން އެންމެ ގިނަ ހެއްކާ ގަރީނާއަށް އޮތީ މީނާއާ ދެކޮޅަށްކަމަށްވާއިރު، މީނާ ދޫކޮށްލުމަށްފަހު އެ އަމުރު ސިއްރުކޮށްގެން އުޅުމަކީ ގިނަ ސުވާލުތަކެއް އުފެދޭ ކަމެކެވެ.

– ތުހުމަތުކުރެވޭފަރާތް ދޫކޮށްލައި އަމުރު ސިއްރުކުރީ ގާޒީ ދީބާނާޒް ފަހުމީ

މި މައްސަލާގައި މީހާ ދޫކޮށްލަން އަމުރުކޮށް އެ އަމުރު ސިއްރުކުރީ ގާޒީ ދީބާނާޒް ފަހުމީއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

4 Responses

  1. ragalhu adhadhehge faisaa gabool kurumakee haram halal balanjehey kameh noonkamah raajeyge raees vanee bunefa.. veema thiyakama suprise vaakah nujehey.. mifadha verin magu thakah dhivehinnaa eku nikunnanee dhivehin mikanthakah ok veema. Dheena gaumaa izzathakee faisaa dheegen buy kurevey kudhi kanthah… hini annanee hama

  2. ނަރަކަ އޮތީ ފެންނަން. ހަލާލު ނޫން ތަކެތި ތިމާއާއި ދަރިންނަށް ކާންދޭ ނަމަ މިދުނިޔެ މަތީގައި ވެސް ދެރަ ގޮތެއް މެދުވެރި ވެދާނެ. ލާދީނީ މީހުންނަށް ގާޒީ ކަން ދިނީމާ ވާނެ ހަތަރެތި ތިވަނީ. އެހެންވެ ޢަރަބިއްޔާ އެހެން ސްކޫލަކާ މިކްސް ކުރަން އެއުޅެނީ ވެސް. ފައުންޑޭޝަން ފުނޑާލީމާ އެކަހަލަ ހުކުމް ކުރާ މީހުން ގިނަ ކުރެވޭނީ……ޢުމަރު ބުނާހެން ލާދީނިއްޔަތު ވުޖޫދު ވެއްޖެނަމަ ފުރަތަމަ ކޮކަޑި ލާނީ އިސްލާމީ ތަޢުލީމަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add