Ad

މިފްކޯއިން މަސްގަތުން އަނެއްކާވެސް ކޮންޓްރޯލް ކޮއްފި. މިފަހަރު ދޯންޏަކުން 7 ޓަނު!

މިފްކޯއިން މަސްގަތުން އަނެއްކާވެސް ކޮންޓޯލްކޮށްފިއެވެެ.

މިފްކޯއިން ހިންގާ މަސްވެރިންގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ މާދަމާއިން ފެށިގެން ގަންނާނީ ކޮންމެ ދޯންޏަކުން ގިނަވެގެން 7 ޓަނުގެ މަސް ކަމަށެވެ.

"މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ރަގަޅުވެ ފްރީޒްކުރެވޭ ވަރަށްވުރެން އިތުރަށް ދޯނިފަހަރުން މަސްކިރުމަސް މަސްގެންނާތީ ، 17 އޭޕްރިލް 2022 އިން ފެށިގެން މިފްކޯގެ ސެންޓަރުތަކާއި ބޯޓްފަހަރަށް ދޯންޏަކުން ކިރާނީ ކިއު ތަރުތީބުން ދޯންޏަކުން 7 ( ހަތެއް ) ޓަނު މަހެވެ. ކިއު ނަމްބަރ ދޫކުރާނީ އެދުވަހެއްގެ ކިރުވޭ ކެޕޭސިޓީއަށް ބަލައިގެ އެދުވަހަކު މަސްކިރުވޭނެ ވަރަށެވެ. ވީމާ، މަސްވެރިންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިފަދަ ދަނޑިވަޅުތަކުގައި މަސްވެރިންގެ ފަރާތުން ލިބޭ އަދި ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ." މިފްކޯގެ މެސެޖްގައި ވެއެވެ.

ރަމްޟާން މަސް ފެށުނު ފަހުން ރާއްޖޭގެ މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. މިއާއެކު މަސް ގަންނަ ކުންފުނިތަކުން މަސް ގަތުން ކޮންޓްރޯލް ކުރިއެވެ. މިގޮތުން ފާއިތުވި ހަފްތާގައި މިފްކޯއިން ގަތީ ދޯންޏަކުން 5 ޓަނުގެ މަހެވެ. މިއާއެކު ކޫއްޑޫގައި މަސްވެރިން ކުރި މުޒާހަރާއާ ގުޅިގެން ކޫއްޑޫގައި މަސް ކިރަން ގޮތް ތިބި ހުރިހާ ދޯންޏެއްގެ މަސް ލިމިޓެއްނެތި ކިރާ ގޮތަށް ސަރުކާރުން ނިންމިއެވެ، އޭރު 48 ދޯނީގައި 900 ވަރަކަށް ޓަނުގެ މަސް ހުއްޓެވެ. މި ދޯނިފަހަރުގެ މަސް ކިރާ ނިމޭނެކަމަށް މިފްކޯއިން ބުނެފައިވަނީ މިއަދުގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *