Ad

އަރަމުން އަންނަ ޒުވާން މަޝްހޫރު ފިލްމީ ތަރި "ރޯމަން" އެމްޓީޑީއަށް ސޮއިކޮއްފި

އަރަމުން އަންނަ ޒުވާން މަޝްހޫރު ފިލްމީ ތަރި މުޙައްމަދު ވިޝާލް "ރޯމަން" މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އާ ގުޅިއްޖެއެވެ.

ޓިކްޓޮކްގައިވެސް ރާއްޖޭގައި އެންމެ މަޤްބޫލް ފަންނާނުންގެ ތެރޭގައި ހިމެނޭ ރޯމަން އެމްޓީޑީއަށް ސޮއިކުރުމަށްފަހު ފޯމު ހަވާލުކޮއްފައިވަނީ އެމްޓީޑީގެ އަންހެނުންގެ ވިންގުގެ ރައީސް އަދި މަޝްހޫރު ބޯޅަޖެހި ސްޓޯރުގެ ވެރިޔާ ހައްޖަ އިސްމާއިލްއާއެވެ. ރޯމަންގެ އިތުރުން ގިނަ އަދަދެއްގެ ފަންނާނުންނާއި، ލަވަކިޔުންތެރިންނާއި، ނެށުންތެރިންގެ އިތުރުން ޒުވާނުންގެ ތެރޭގައި މަޤްބޫލް ޓިކްޓޮކްގެ ތަރިން އެމްޓީޑީއާ ގުޅެމުންދާ ކަމަށް އެޕާޓީން ބުނެއެވެ.

އެމްޓީޑީއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ގިނަ އަދަދެއްގެ ޕައިލެޓުން ފުލުފުލުން ދަނީ އެޕާޓީއާ ގުޅެމުންނެވެ. މިއާއެކު އެމްޓީޑީ އޭވިއޭޝަން ވިންގުގެ ނަމުގައި އާ ގޮތްޕެއް ވަނީ އުފައްދާފައެވެ. ކުރީގެ ނައިބްރައީސް އަހުމަދު އަދީބު އިސްވެ އުފައްދަވާފައިވާ އެމްޓީޑީއަކީ ޒުވާނުންގެ މެދުގައި އެންމެ މަޤްބޫލް ސިޔާސީ ޕާޓީއެވެ. އެޕާޓީ އުފައްދަން ބޭއްވި ޖަލްސާގައި 500 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވިއެވެ. އަދި އޭގެ ފަހުން ވެސް ގިނަ ޒުވާނުން ދަނީ އެމްޓީޑީއާ ގުޅެމުންނެވެ. އެމްޓީޑީއާ ގުޅޭ ޒުވާނުން ބުނަމުންދަނީ ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް އެންމެ ފަހި ފުރުސަތެއް އޮތް ސިޔާސީ ޕާޓީއަކީ އެމްޓީޑީ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޓިކްޓޮކް ޕާޓީއަށް ތި ވަނީ ރެއިންބޯ ފުލެގް ގޮލައެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *