Ad

ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް!

މާފުށީ ޖަލުގެ ބައެއް ޔުނިޓްތަކުގައި ތިބި ގައިދީން ކުރިއަށް ގެންދާ ބަނޑިހައިކަމުގެ ހަޅުތާލަށް ފަސް ދުވަސް ވެއްޖެއެވެ.

މި ހަޅުތާލު ފަށައިފައިވަނީ މާފުށީ ޖަލުގެ ހަރުކަށި ޔުނިޓުގައި ތިބި ގައިދީންނަށް ދެ ގަޑިއެއްގެ ކެއުން ނުދިން މައްސަލައިގައި ކަމަށް މައުލޫމާތު ލިބެއެވެ. މީގެއިތުރުން ޖަލުގައި އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ މައްސަލަވެސް މި ހަޅުތާލު ކުރުމުގެ ތެރޭގައި ހިމެނެއެވެ. ގައިދީން ހަޅުތާލު ފަށައިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި ހަޅުތާލުގައި ބައިވެރިވެ ހަޅުތާލު ކުރަމުންދަނީ ހަރުކަށި ޔުނިޓްގައިތިބި 17 ގައިދީން ކަމަށް މައުލޫމާތު ލިބެއެވެ. ހަޅުތާލު ކުރަމުންދާ މީހުންގެ ތެރޭގައި ރިލްވާންގެ މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންވެސް ހިމެނެއެވެ.

ކ.މާފުށީ ޖަލުގައި ގައިދީންތަކެއް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާކަމަށް މީޑިއާތަކުގައި ރިޕޯޓު ކުރި ނަމަވެސް، އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *