Ad

ޖޭޕީ ކޮންގްރެސް: ރައްޔިތުންނާ ގުޅުންހުރި މުހިންމު ނިންމުންތަކެއް ނިންނާނެ!

މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ 4 ވަނަ ޤައުމީ ކޮންފަރެންސްގައި އެޕާޓީގެ މަޤާމުތަކަށް މެމްބަރުން އައްޔަންކުރުމުގެ އިތުރުން ރައްޔިތުންްނާ ގުޅުންހުރި މުހިންމު ނިންމުންތަކެއް ނިންމާނެއެވެ. މީގެތެރެއިން އެންމެ ބޮޑު ނިންމުމަކަށްވާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރާނެތޯ ނުވަތަ ނޫންތޯ ބެލުމަށް ނިންމާ ނިންމުމެވެ. ކޮންމެއަކަސް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެޕާޓީން ވާދަކުމަށް ގޮވާލާ ޚާއްސަ ޤަރާރެއް މިވަނީ ކޮންފަރެންސަށް ހުށައަޅާފައެވެ. މި ޤަރާރަށް ބަހުސްކޮށް ކޮންމެސް ކޮޅެއްގައި ޖައްސާނެއެވެ. މާނައަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެކަން ނުވަތަ ނޫން ކަަން އެނގިގެންދާނެއެވެ. ކޮންގްރެސް ފެށުމުގެ ގޮތުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ނުސީދާކޮށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

"ސަރުކާރުތަކުން ވައުދުތައް ފުންދަމުންދާއިރު، ކޯލިޝަން މެމްބަރުންގެ ދައުރެއް އޮންނަކަމަކަށް ނުވޭ، އެކަމަކު ސަރުކާރު އެކުލަވާލަންވީމަ ޖޭޕީ ވަރެއް ނޯވޭ". ޤާސިމް އިބްރާޙީމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އެކިއެކި މަޤާމްތަކަށް މެމްބަރުން އައްޔަން ކުރުން އައްޔަން ކުރުންވެސް މި ކޮންފަރެންސްގައި އޮންނާނެއެވެ. އެންމެ ވާދަވެރިވާނީ ނައިބް ލީޑަރުގެ މަޤާމެވެ. 5 މެމްބަރުން އިންތިހާބުކުރާ އެމަޤާމަށް 12 މެމްބަރުން ކުރިމަތިލާފައިވެއެވެ.

މި ކޮންފަރެންސްގައި އެޕާޓީގެ އަސާސީ ޤަވާއިދު އިސްލާހު ކުރާނެއެވެ. އަލަށް ފާސްކުރަން ހުށައަަޅާފައިވާ އަސާސީ ޤަވާއިދުގައިވާ ގޮތުން ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ ރިޔާސީ ކެންޑިޑޭޓަކީ އެޕާޓީގެ ލީޑަރު ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ވާހަދަކުރުމަށް ހުޅުވާލި ފުރުޞަތުގައި އެމަޤާމަށް ކުރިމަތިލައްވާފައިވަނީ މިހާރުވެސް އެމަޤާމްގައި ހުންނެވި ޤާސިމް އިބްރާހިމެވެ. ޤާސިމް އެމަޤާމަށް ހޮވޭނީ ޤައުމީ ކޮންފަރެންސްގައި ނަގާ ފެންނަ ނުފެންނަ ވޯޓަކަށް ފަހުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *