ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ތާއީދުކޮށް ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއެކު ކުރެވުނު މަޝްވަރާތައް ކޮޅެއްގައި ނުޖެހުނުކަމަށް މައުލޫމާތުލިބިއްޖެއެވެ.
ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރެއްވުމަށްފަހު ރައީސް ސޯލިހުގެ ފަރާތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ބައްދަލުކޮށް ކުރިއަށް އޮތް ރިޔާސީ އިބްތިހާބަށް ކޯލިޝަން ހެދުމަށް މަޝްވަރާ ކުރިއެވެ. ނަމަވެސް މި މަޝްވަރާތައް އެއްވެސް ކޮޅެއްގައި ނުޖެހި ނިންމާލިކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީން ބޭނުންވަނީ އެޕާޓީން ރިޔާސީ އިންތިހާބަށް ނިކުންނާށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެޕާޓީން އަދި ގޮތެއްް ނިންމާފައި ނުވާއިރު ރައީސް އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރައްވާނެކަމަށް ނައިބް ރައީސް ފައިސަލް ނަސީމް އިއުލާން ކުރެއްވުމުން ޖުމްހޫރީ ޕާޓީން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ. ސަބަބަކީ އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ޕާޓީން ވަކިގޮތެއް ނުނިންމަނީސް ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރަން ނިންމުމެވެ. މައްސަލަ ހޫނުވެ ނައިބް ރައީސް ފައިސަލް ޕާޓީން ވަކިވުމަކީ އެންމެ ރަނގަޅުގޮތް ކަމަަށްވެސް އެޕާޓީން ބުންޏެވެ. މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސްގައިވެސް ފައިސަލް ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
ކޮންމެއަކަސް ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރައްވާނެތޯ ނުވަނަ ނޫންތޯ ދާދި އަވަހަށް އެނގިގެންދާނެއެވެ، މިހާރު ކުރިއަށްދާ ޤައުމީ ކޮންފަރެންސްގައި މިކަމަށް ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ.
އިރުވަރު ނޫހަށް އެނގިފައިވާ ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބަކީ ޤާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެއެވެ. އަދި މިކަމުގެ ތައްޔާރީތައްވެސް ވަނީ ވެފައެވެ.
ރާއްޖޭގައި މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ޤާސިމް އިބްރާހިމަކީ ރައީސުލްޖުލްޖުމްހޫރިއްޔާ ކަމަށް ޓެސްޓް ކުރެވިފައިނުވާ ލީޑަރެކެވެ. އެހެންކަމުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޤާސިމް ވާދަކުރައްވައިފި ނަމަ އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުޞަތު ބޮޑުކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
One Response
ގާސިމް ކަލޯއަށް ރަނގަޅުވާނީ އިބްރާހިމް ކާރީ ތިހުރިގޮތަށް ހުރިއްޔާ ކަލޯކާރީ ތިއުޅޭ މީހުންނަކީ އިޚްލާސްތެރި ބައެއްނޫން ކަލޯ އަކީ މިގައުުމގައިހުރި މުއްސަންޖަކަށް ވާތީ އޭގެފައިދާނަގަން އަބަދުވެސް އެންމެން އުޅެނީ އަނެއްކާ ކަލޯ އަށްވެސް އެނގޭނެ އެއްބުރުން ވެރިކަން ލިބޭ ވަރަކަށް ތިޕާޓީގައި މީހުންނެތްކަން ފުރަތަމަ ބުރުގައި އެހެންޕާޓީތަކުގެ މީހުން ކަލޯއަށް ވޯޓް ދޭނެކަމަށް ހީކުރުމަކީ ހިޔަންޏައް މުޑިނެގުން ކަހަލަ ކަމެއް އެހެން ވީމާ މިހާރު ލިބިފަހުރިއެއްޗެއް ގިނަދުވަހައް ހުންނާނީ މިހާރު ހުރިމީހާ ކާރީގައި ހުރީމާ މައޮމޫނުން ފެށިގެން ޔާމީނާ ހަމަޔަށް ނަޝީދު ހިމެނޭހެން ކަލޯއަށް ދިނީ ދޯކާ