ބަނގުރާ ވިއްކުމާއި ބޭނުންކުރުމުގެ ތުހުމަތުގައި އައްޑޫސިޓީ ހިތަދޫއިން 2 މީހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހަމްދަރުދީގެ / ސ. ފޭދޫ، ޢަލީ ރާޢިލް މުނީރު (23އ) އާއި ވައިލެޓްވިލާ / ސ. މަރަދޫފޭދޫ، މުޙައްމަދު ޝާމިޙު މަންޞޫރު (19އ) އެވެ.
ފުލުހުން ބުނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށެވެ.




