ދަގަނޑު ބޮއިއެއް އޮޔާދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން ފުލުހުން އެދެފި އެވެ.
ގއ އަތޮޅު ފުލުހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ 2026 އޮކްޓޯބަރު 27 ވަނަ ދުވަހު 11:50 ހާއިރު ގއ. އަތޮޅު ދިގުވަރު ކަނޑު އެތެރެ ވަރީ ކަނޑުތެރޭގައި 15 ފޫޓު ދިގު ،5 ފޫޓު ފުޅާ ދަގަނޑު ބޮއިއެއްއޮޔާދާ ކަމަށެވެ.
އެހެންކަމުން އެ ބޮއި އޮޔާދަނީ ދެކުނުން އުތުރަށް ކަމަށާއި، އެހެންކަމުން ކަނޑު ދަތުރުކުރާ އެންމެހައި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރު ކުރެއްވުމަށް އިލްތިމާސް ކުރާ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި ކަނޑު ގެ އޮއިވަރު އޮތްގޮތުން މިރޭގެ ވަގުތުގައި ގއ . ވިލިނގިލި ، ގއ. މާމެންދޫ ، ގއ. ނިލަންދޫ އަދި ގއ.ދާންދޫގެ ސަރަހައްދެއްގައި މި ބޮއި އޮތުމަކީ އެކަށީގެންވާ ކަމެއްކަމަވެސް ފުލުހުން ބުނެފައި ވެއެވެ.




