Ad

ރައީސް ސޯލިހުގެ ދައުވަތު ގަބޫލުނުކޮށް ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަނީ

ރައީސް ސޯލިހުގެ ދައުވަތު ގަބޫލުނުކޮށް ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ގޮވާލާ އެޕާޓީގެ ޤައުމީ ކޮންފަރެންސަށް ހުށައެޅި ޤަރާރު ފާސްކޮށްފިއެވެ.

މި ޤަރާރު ފާސްކޮށްފައިވަނީ ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މި ގަރާރުގައި ވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެޕާޓީގެ ކައުންސިލަށް ލަފާ އަރުވާށެވެ. ކޮންގްރެސް އިން މިގޮތަށް ފާސް ކުރެއްވުމުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ކޮންފަރެންސް އިން އިއްތިފާގުވި ނިންމުން ކައުންސިލާއި ހަމައަށް ގެންގޮސް ދެއްވާނެ ކަމަށެވެ. މިއަށް ގޮތެއް ނިންމާނީ ކައުންސިލުންނެވެ.

މި ގަރާރުގައި ވަނީ ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީގެ ފަރާތުން ކެންޑިޑޭޓަކު ނެރުމަށް ނުވަތަ ޕާޓީ އިސްވެއޮވެ އުފައްދާ ކޯލިޝަނަކުން ކުރިމަތިލުމަށެވެ. ޖުމްހޫރީ ޕާޓީން މިގޮތަށް ނިންމީ ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީއަށް ދައުވަތު ދެއްވާ ރައީސްގެ ސިޓީފުޅެއް ފޮނުވާފައިވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *