Ad

ވައިކަރަދޫ ބައި-އިލެކްޝަން: ކައުންސިލްގެ ގޮނޑި އެމްޑީޕީއަށް، އަންހެނުންގެ ކޮމިޓީގެ ގޮނޑި އަދާލަތަށް،

ހުސްވެފައިވާ ހދ. ވައިކަރަދޫގެ ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.

މީގެެއިތުރުން އެރަށު އަންހެނުންގެ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް އެމްބަރަކު އިންތިހާބުކުރުމަށް ވަނީ އިންތިހާބު ބާއްވާފައެވެ. ކައުންސިލްގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު އަންހެނުންގެ ކޮމިޓީގެ ގޮނޑި ކާމިޔާބުކުރީ އަދާލަތު ޕާޓީންނެވެ.

ކައުންސިލްގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރީ އަދާލަތުގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ. ކައުންސިލަށް އަންހެން މެމްބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި އަދާލަތުން ވާދަކުރި ހދ.ވައިކަރަދޫ، ފަރިމާ، ފާތިމަތު ނަޒްލާއަށް ލިބިފައިވަނީ 258 ވޯޓެވެ. އިންތިޚާބު ކާމިޔާބުކުރި، އެމްޑީޕީގެ ކެނޑިޑޭޓު ހދ.ވައިކަރަދޫ، ފަތަގުމާގެ، ފާތިމަތު ޝިޒްނާއަށް 283 ވޯޓު ލިބިފައި ވެއެވެ.

ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި އަދާލަތުގެ ފަރާތުން ވާދަކުރި ފާތިމަތު ޒުނައިނާއަށް 376 ވޯޓު ލިބިފައިވާއިރު އެމްޑީޕީގެ ކެނޑިޑޭޓް ރަމްޒިއްޔާ އިބްރާހިމަށް ލިބިފައިވަނީ 163 ވޯޓެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *