Ad

ހަށިވިއްކާ ކަމުގެ ތުހުމަތުގައި ފުވައްމުލަކުން 3 މީހަކު ހައްޔަރުކޮށްފި

ހަށިވިއްކާ ކަމުގެ ތުހުމަތުގައި ފުވައްމުލަކުން 3 މީހަކު ހައްޔަރުކޮށްފިއެވެ،

ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކުރީ، ފުވައްމުލަކުގައި ހިންގާ ސްޕާއެއްގައި ހަށިވިއްކާ ކަމުގެ ރިޕޯޓް ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން ހިންގި އޮޕަރޭޝަންއެއްގައި ކަމަށެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތައިލެންޑަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ އަންހެނަކާއި 43 އަހަރުގެ އަންހެނެއްގެ އިތުރުން 31 އަހަރުގެ ފިރިހެނެކެވެ.

މިމައްސަލަ ދަނީ ފުވައްމުލަކު ސިޓީ ޕޮލިހާއި ހިއުމަންޓްރެފިކިން ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުންނެވެ.

މިދިޔަ މަހު 21 ވަނަ ދުވަހު ފުލުހުން ވަނީ މާލޭގެ 'ރޯޅި ގެސްޓް ހައުސް' ބަލާ ފާސްކޮށް، އެ ގެސްޓް ހައުސްއިން ވަނީ ހަށިވިއްކާކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ.

އެ ހަތަރު މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އޭގެ ތެރެއިން 43 އަހަރުގެ ދިވެހި ފިރިހެން މީހާ ކޯޓުން ޝަރުތުތަކަކާއެކު ވަނީ ދޫކޮށްލާފަައެވެ. އަދި ބިދޭސީ ދެ އަންހެނުން ވަނީ ޑީޕޯޓު ކޮއްލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *