Ad

މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީ ބަދުނާމު ނުކުރައްވާ: ޤާސިމް

ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޤާސިމް އިބްރާހިމް ވާދަކުރައްވަން ނިންމެވުމާއެކު ސަރުކާރުގެ އެކި ސިޔާސީ މަޤާމްތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ އެބޭފުޅުންގެ ތާއީދު ރައީސް ސޯލިހަށް އޮތްކަން ހާމަކޮށް ފާޓީއާ ދުރައް ޖެހިވަޑައިގެންފައެވެ. އަދި މިފަދަ ބައެއް ބޭފުޅުން ވަނީ ޕާޓީއަށް އެކިއެކި ތުހުމަތުތައް ކުރައްވާފައެވެ.

މިތުހުމަތުތަކަށް ރައްދުދެއްވައި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ އެބޭފުޅުން ޕާޓީން ވަކިވަނީ މަޤާމުގެ ދިފާއުގައި ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާނެކަމަށް ހާމަކޮށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހު ވަނީ ޕާޓީން ވަކިވެފައެވެ.، އަދި ނައިބްރައީސް ފައިސަލް ނަސީމާއި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާނެ ކަމަށް ހާމަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. Gaasimakas varah ves muhimmu vaahakaeh e bunuvvee, magaamuge dhahivethi kamugaa ulhey bayaku hageegaiy haama kuriyyaa maa Rangalhu vaane, thi naiburaees aa Azim hithun mi 2023 gaa ves raees kamah Iburaahim hovaigen Naibu raees akah Faisal MTCC ge md akah Azim hoveyne kamuge theogulhaa saadhaa kuraa 2 meehun e ee, adhi eyge ithurun idhikolhun egovaa raees akee mihaaru Faisal kamah govaathee e hunnanee araahikifaa maa matheegaa eyna hithun hama raees meehaa Mee, mihaaru hunnanee ves varah bodai kiburuveri gothakah mashah ma fenifaa,
    Meehakah vafaatheri vaane nama thi raees Iburaahim RM ah vafaatheri vees rahumu kurees RM mi yahoodhee sarukaaru ufan kuran nukuravvanee kon kameh thoa? PPM ge majulis kithah menbarun thoa kahaalaigen kanbalhi thakeh gurubaan kuraa gothah thi raees Iburaahimah gurubaan kuree? ekamu verikameh haraam, ekaleygeah verikan hoadhai dhinumun e hisaabun ekanves handhaan naththaalee eminbarun thah magumathi kuree, e menbarun oyaalaafa thimaage paateegandu raiyyathun majilis ekkon nagaigen e huree mihaaru e fennanee beyinsaafun kanthah thah kurumuge hithi natheejaa, RM ah ves Rangalhu iburatheh libivadaigenfa mihaaru hunnavaanee,

  2. އެއެންމެން އެކެޑެނީ ވަޒީފާގެ ބޭނުމުގައި ކަމުގައި ބުނުމުން އެގޭ އެއްޗަކީ އެ އެންމެނަށްވެސް އަދި ގާސިމަށް ވެސް ކުރިޔަށް އޮތް ފަސްއަހަރުވެސް ވެރިކަމުގައި އިބޫ ހުންނާނެ ކަމުގައި ހަބޫލު ކުރެވޭ ކަމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *