Ad

ގުރައިދޫ ދާއިރާ ބައި-އިލެކްޝަން: ވޯޓުލުމުގެ ވަގުތު 5 ޖެހުމާއި ހަމައަށް އިތުރުކޮށްފި

މިއަދު ކުރިއަށްދާ ގުރައިދޫ ދާއިރާގެ މެދަ އިންތިހާބުގައި، މޫސުން ގޯސްވުމުގެ ސަބަބުން ވޯޓު ލެވޭ މުއްދަތު އިތުރުކޮށްފިއެވެ.

މިއަދުގެ އިންތިހާބުގެ ވޯޓު ލުން ފެށީ ހެނދުނު 8 ޖެހިއިރު އެވެ. އަދި މިއަދު ހަވީރު ހަތަރެއް ޖަހަންދެން ވޯޓު ލެވޭ ގޮތަށް އޮތީ ރާވާފައެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ހަވީރު ފަހެއް ޖަހަން ދެން ވޯޓު ލެވޭ ގޮތަށް ވަގުތު އިތުރުކޮށްފައިވާ ކަމަށް އިލެކްޝަންސްއިން ބުނެއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ދޭއް ޖަހާކަން ހާއިރު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން 1،766 މީހުން މިހާތަނަށް ވަނީ ވޯޓު ލައިފައެވެ. އެއީ 910 ފިރިހެނުންނާއި 856 އަންހެނުންނެވެ. ގުރައިދޫ ދާއިރާގައި ވޯޓު ލުމުގެ ހައްގު 3،423 މީހުންނަށް ލިބިގެންވެއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާ ތަމްސީލު ކުރެއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ފެބްރުއަރީ މަހު،  އަވަހާރަވުމުންނެވެ.

މިއަދު ކުރިއަށްދާ އިލެކްޝަނުގައި 3 ޕާޓީއަކުން ވާދަކުރި އެވެ. އެއީ ޕީޕީއެމްގެ ޓިކެޓުގައި ހުސެއިން ރިޒާ އާއި އެމްޑީޕީން އިބްރާހިމް ޝާޒް އަދި އެމްއެންޕީން އަލީ އަރީފެވެ.

ބައި-އިލެކްޝަންގައި ޖުމްލަ 6 ވޯޓު ފޮށީ ބަހައްޓާފައިވެއެވެ. އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، ގުޅީގައި 1 ފޮށި އަދި ގުރައިދޫ ދާއިރާގެ މީހުން ވޯޓުލުމަށް މާލޭ ޢިއްޒުއްދީން ސްކޫލްގައި 1 ފޮށްޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *