Ad

ގުރައިދޫ ގޮޑި އެމްޑީޕީއަށް ލިބުމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް: ރައީސް ސޯލިހު

ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީން ކާމިޔާބު ކުރުމަކީ ޕާޓިއަށް ލިބުނު ބޮޑު ކުރިއެރުމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ބައިއިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމްގެ ހުސެއިން ރިޒާ އާދަމް އާއި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފާއި ވާދަކޮށްގެންނެވެ.

މި އިންތިހާބު ކާމިޔާބުވުމާއި ގުޅިގެން ޝާޒް އަށް މަރުހަބާ ދަންނަވާ ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އިންތިހާބުން ހާމަވެގެން ގޮސްފައި ވަނީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން ކަމަށެވެ.

"ފުރަތަމަ ފަހަރަށް މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް". ރައީސް ވިދާޅުވިއެވެ.

އިންތިހާބުގެވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީ ޝާޒް އަށް ލިބިފައި ވަނީ 1346 ވޯޓެވެ. އިދިކޮޅު ޕީޕީއެމް ރިޒާއަށް 1226 ވޯޓު ލިބުނުއިރު، އެމްއެންޕީ އަރީފަށް ލިބުނީ 122 ވޯޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *