Ad

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން ބުރާސްފަތި ދުވަހުގެރޭ، ރައީސް މައުމޫން ވިދާޅުވަނީ ހަނދު ފެންނާނެކަމަށް

އަންނަ ބުރާސްފަތި ދުވަހުގެރޭ އޮންނާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 1444 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ 20:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ. މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން އިއުލާންކުރާއިރު ޓީވީ، ރޭޑިއޯ އަދި އެ މިނިސްޓްރީގެ ފޭސްބުކް ޕޭޖުން ލައިވްކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެއެވެ. ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ. ބޭރުގައުމަކަށް ހަނދު ފެނިއްޖެނަމަ އެ މައުލޫމާތު ހިއްސާކުރައްވާނީ ފޮރިން މިނިސްޓްރީންނެވެ.

ރައީސް މައުމޫން ޓެކް ކުރައްވައި ކުއްޖަކު ކުރެއްވި ޓްވީޓަކަށް ރައީސް މައުމޫން ވިދާޅުވީ، ފަލަކީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފިތުރު އީދު ވަނީ އަންނަ ހުކުރު ދުވަހަށް ކަމަށެވެ. މާނައަކީ ބުރާސްފަތިދުވަހުގެ ރޭ ހަނދު ފެންނާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *