Ad

މުދާ އުފުލާ ދޯންޏެއް ޝާފްޓް ބިންދައިގެން ދިއުމާ ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި

ހިލަވެލި ބަރުކޮށްގެން ދިޔަ މުދާ އުފުލާ ދޯންޏެއް ޝާފްޓް ބިންދައިގެން ދިއުމާ ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހިލަ އަދި ހިލަވެލި ހިފައިގެން ކ.ތިލަފުށިިން ހދ. ނެއްލައިދޫއަށް ދަތުރުކުރި "ލެވަލް 9″ ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ޝާފްޓް ބިންދައިގެން ދިއުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. ޝާފްޓް ބިންދައިގެން ދިޔައިރު ދޯނި އޮތީ ކިހާ ހިސާބެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ،

 

މިދުވަސްވަރަކީ މޫސުން ގޯސް ކަނޑުގަދަ ދުވަސްވަރެކެވެ. މިއަދު ހަވީރުވެސް ވަނީ ކަނޑުމަތީގެ ހާދިސާއެއް ހިނގައިއެވެ. 30 މީހުންނާއެކު މާލެއިން ފުރައިގެން ދ އަތޮޅަށް ދަތުރު ކުރި ލޯންޗެއް ދިޔަވެ އަޑިއަށްދާތީ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީ އެ ލޯންޗް މީދުއަށް ވައްދާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *