Ad

ގާސިމަކީ އަނިޔާވެރިވެ، މީހަކަށް ދެރަ ގޮތެއް ހައްދަވާނެ ބޭފުޅެއް ނޫން: އިލްހާމް

ގާސިމަކީ އަނިޔާވެރިވެ، މީހަކަށް ދެރަ ގޮތެއް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށް ޤާސިމްގެ ސްޕެޝިއަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދެކުނަށް ޤާސިމް ކަނޑައަޅުއްްވާފައި ހުންނަވާ ކެމްޕެއިން މެނޭޖަރު އިލްޙާމް އަހުމަދު މިހެން ވިދާޅުވީ، ޖޭޕީގެ ދެކުނު ދާއިރާގެ ފަރާތުން އެ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިލްހާމް ވިދާޅުވީ ގާސިމަކީ އޯގާތެރި، ކުލުނުވެރި ލީޑަރެއްކަމަށެވެ. އަދި ހުރިހާ ދާއިރާއަކަށް ބެލި ކަމުގައި ވިޔަސް، ފެންނަނީ ގާސިމްގެ ހިދުމަތްތެރި މަސައްކަތްތައް ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.

"އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ، ހިދުމަތް ނުކުރައްވާ އެއްވެސް ދާއިރާއެއް ނޯންނާނެ މި ގައުމުގައި. ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ޓެސްޓް ކުރައްވަން ލިބިވަޑައިގަންނަވާ ފުރަތަމަ ފަހަރު މިއީ. އެމަނިކުފާނަށް ވޯޓެއް ދެއްވަންވީ." އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓް ގާސިމާ ހަވާލުކުރަން މި ހަފްތާ ބަންދުގައި ބާއްވާ ޖަލްސާގައި ޤާސިމް ރައްޔިތުންނާ ބައްދަލުކުރައްވާނީ އުފާވެރި ހަބަރުތަކަަކާ އެކުގައި ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާއްވަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ގާސިމަކީ.ގައުމަށާއި.ރައްޔަތުންނައް.އަނިޔާވެރިވިމީހެއް….އެކަންމީހަކުބުނާކައްނުޖެހޭނެގާސިމައްވަރައްރައގަޅައްއެގޭނެއެކަމައްކުރިހަރަދާއިއަދިދިވެހިގައުމަށާއިރައްޔަތުންނައްލިބުނުގެއްލުމާއިލިބެމުންދާގެއްލުންވެސްގާސިމައްވުރެބޮޑައްއެގޭނެދިވެހިރައްޔިތަކުމިގައުމަކުނުހުއްނާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *