Ad

ފަތުރުވެރިޔާގެ ރޭޕްކުރި މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ކ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ރިޒްކާލްޓަން ފަރި އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ރޭޕްކުރިކަމަށް ބުނާ، ޗައިނާގެ ފަތުރުވެރިޔާގެ މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.

ރިސޯޓްގެ މުވައްޒަފަކު ރޭޕް ކޮށްފައިވަނީ އޮސްޓްރޭލިއާ ގެ ސިޑްނީގައި ކިޔަވަމުން ދާ ޗައިނާގެ ޒޫ ޔިޓޮންގް (ޔޮލީ) ނަމަކަށް ކިޔާ ޗައިނާ އަށް އުފަން އަންހެނެކެވެ.

ޔޮލީވަނީ އެ ކޭސްގެ އިންސާފު ހޯދަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސީޓީ އެއް ފޮނުވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭޕްގެ މައްސަލައާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، އެހެން ކަމުން އެ ހާދިސާއާ ގުޅިގެން ރަނގަޅު ތަހުގީގެއް ހިންގުމަށް ފުލުހުންގެ ހިދުމަތަށް ގޮވައިލައްވާ ކަމަށެވެ.

މީގެ ދެތިންދުވަސް ކުރިން ޔޮލީ މި ހާދިސާ ހިނގާ ދިޔަ ގޮތުގެ ވާހަކަ ވަރަށް ތަފްސީލުކޮށް އޭނާގެ ޓްވިޓާގައި ކިޔަދީފައިވާ އިރު އޭނާ ވަނީ، އޭނާގެ ގައިގައި އަނިޔާވެފައިވާ ޒަހަމްތަކުގެ ފޮޓޯކަމަށް ބުނެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އަދި އޭނާ ރޭޕް ކުރި ކަމުގެ ތުހުމަތު ކުރާ ރިޓްޒް ކާޓަން މޯލްޑިވްސް ފަރި އައިލެންޑްގެ ބަޓްލާރެއް ކަމަށް ވާ އުޝާމްގެ ފޮޓޯވެސް ވަނީ އާންމުކޮށްފަ އެވެ. އޭނާ ކުރި މިޓްވީޓް 9 މިލިޔަން މީހުން ވަނީ ބަލާފައެވެ. އަދި އެތަށް ބަޔަކު މިހާދިސާ ކުށްވެރިކޮށް ވަނީ ކޮމެންޓްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ބަލަ! އަލީވަހީދު ކިތަންމީހުންރޭޕުކޮއް،ކިތަން މީހުންގެ އަބިންނާއި ވެސް ބެހިފައިވޭތޯ؟އެމީހުން ގޮވަ ގޮވާ ތިއްބާ އެމައްސަލަ ވެސް ނުބަލާ ޗޮކުން ދުއްވާލީނޫންތޯ؟ މިސަރުކާރު ތާއީދާއި،ވޯޓު ހޯދަން ކުރި އެންމެ ބޮޑު ދެ ވަޢުދު ކަމުގައިވާ އެން އެމްޕީއާރުސީ ވައްކަމާއި، އިންސާނިއްޔަތާ ޚިލާފަށް މަރާލި މީހުންގެ މަރުގެ މައްސަލަވެސް ނުބަލާ ސިއްރުކޮށް ދޫކުރީނޫންތޯ؟؟؟ އެމް އެމް ޕީއާރުސީގެ ޚިޔާނާތުގައި،ވަނީ ހަމަ އެކަނި،ޔާމީނު،އަދީބު،ޒިޔަތު އެކަނިތޯ؟؟؟ބޮޑެތި މުޖުރިމް ވަގުން ކޮބާތޯ؟ޚާއްސަކޮއް މިސަރުކާރުގައި،ކަރުގޮއްވާ މަވޯޓާ، މަހުލޫފުމެން ކޮބާތޯ؟ ކީއްވެގެންތޯ މައްސަލަނުބެލެންވީ ފަތުރު ވެރިޔާއަކީވެސް މިސަރުކާރުގެ ޕަޕެޓަކަށް ވާތީ މައްސަލަދޫކޮއްލީކަންޔަގީން ރައީސް ސޯލިހު އަކީ ވވވ ބޮޑު ދޮގުހަދާ މީހެއްކަން މިހާރު ރައްޔަތުންނަން އެގި ހާމަވެއްޖެއެވެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *