Ad

"އިންޑިއާ އައުޓު" ހަރަކާތް ހުއްޓާލުމަށް ޑިމޮކްރެޓްސް ޕާޓީއަކަށް ނޭންގޭނެ: އަދުރޭ

އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓާލުމަށް ޕީޕީއެމްއާއެކު މަސައްކަތްކުރަން ނިންމާފައިވާ ދަ ޑިމޮކްރަޓްސްއަށް ނޭންގޭނެކަމަށް ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާއި ހަވާލުވެހުންނެވި އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންގެ ރިޔާސީ ކެމްޕެއިން ފެށުމުގެ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓާލަން އަންގަންޖެހޭނީ، ދަ ޑިމޮކްރެޓްސް ޕާޓީން ނޫންކަމަށާއި، ޕީޕީއެމް/ޕިއެންސީގެ އެޖެންޑާ ކަނޑައަޅާނީ އެ ދެޕާޓީން ކަމުގައެވެ. އަދި ދަ ޑިމޮކްރެޓްސްއިން ވަކިގޮތަށް ވަކި ކަމެއް ކުރުމަށް އެންގުމަކީ ޕީޕީއެމްއިން އެގޮތަކަށް އަމަލު ކުރަންޖެހޭ ސަބަބެއް ނޫން ކަމުގައެވެ.

"އިންޑިއާ އައުޓުކަމަށް ވިޔަސް، އަދި އެހެން އެއްޗެއްކަމަށް ވިޔަސް، އެކަމެއް އަޅުގަނޑުމެން ހުއްޓާލަންޏާ ހުއްޓާލާނީ އަޅުގަޑުމެންގެ ރައީސްގެ މަޝްވަރާއާއެކީގައި. ދަ ޑިމޮކްރެޓްސްއިން ވަކި ގޮތަކަށް ވިދާޅުވުން އެއީ އަޅުގަޑުމެން ހިންގަމުންދާ ހަރަކާތެއް ހުއްޓާލަން ޖެހޭ ސަބަބެއް ނޫން އެއްގޮތަކަށްވެސް. އަޅުގަނޑު މި ދެންނެވީތާ އަޅުގަޑުމެން އެ ބޭފުޅުންނާއެކު މި މަސައްކަތް ކުރަނީ، ގައުމީ މައްސަލަތަކުގައޭ. މިސާލަކަށް ކަނޑު ވިއްކާލުން ކަހަލަ، އަދި އެނޫނަސް ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ކަހަލަ ކަންތައްތަކުގައި" އަބުދުއްރަހީމް ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހިންގާ ކަމުގައިވާނަމަ، އެކީގައި މަސައްކަތް ކުރަން ވަރަށް އުދަނގޫވާނެކަމަށް ޑިމޮކްރެޓްސް ޕާޓީގެ މުއައްސިސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *