Ad

ހއ. އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފި

ހއ. އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފިއެވެ.
އިހަވަންދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ރަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއެވެ.
މި މަޝްރޫޢަކީ 62،250،076.80 ރުފިޔާ އަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްގެން ނިންމުނު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުން ކުރުމާއި 18 މީޓަރު ރޮކް ބޯލްޑަރ ބްރޭކްވޯޓަރ ޖެހުމާއި 266 މީޓަރު ސޭންޑް ފިލް ބްރޭކްވޯޓަރ ޖަހާފައިވެއެވެ. މީގެ އިތުރުން، 178 މީޓަރު ރިވެޓްމަންޓް ޖެހުމާއި 120 މީޓަރު ގްރޮއިން ޖެހުމާއި 95 މީޓަރުގެ އެއްގަމު ތޮށި ގާއިމްކޮށް ވަށައިގެން ޕޭމަންޓުވެސް ގާއިމްކޮށްފައިވެއެވެ،
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *