Ad

ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް މިއަދު އިއުލާންކުރަނީ!

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރާ 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު މިއަދު އާއްމު ކުރައްވާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ފްލެޓާއި ގޯތި ކޮމިޓީގެ ޗެއަރމަން، ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ފްލެޓް ލިބޭ މީހުން އިއުލާންކުރުމަށްފަހު، ލިސްޓަށް ޝަކުވާ ހުށަހަޅަން 15 ދުވަހުގެ މުއްދަތެއް ލިބޭނެކަމަށެވެ.

މާލޭގެ ރައްވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މިސަރުކާރުން ތައާރަފްކުރި، ބިންވެރިޔާ ސްކީމްގެ ދަށުން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނިފައިވެ އެވެ. މީގެ ތެރެއިން 19،875 މީހުން ޝަރުތު ފުރިހަމަވާއިރު ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ހިމެނިފައިވަނީ 10،314 މީހުންނެވެ. އަދި މި މީހުންނަށް ގޯތި ލިބެނީ ކޮން ތަނަކުން ކަމެއް އަންގާފައެއް ނުވެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ. ގޯތިތައް ދޫކުރަން ހަމަޖެހިފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހިންނާއި، ގުޅީފަޅުން ހިއްކާ ބިމުންނާއި، ގިރާވަރުފަޅުން ހިއްކާ ބިމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *