Ad

ގިނަ ކެންޑިޑޭޓުން ކުރިމަތިލީމާ މިއިންތިހާބު ކާމިޔާބުުކުރަން މާ ފަސޭހަވެއްޖެ: ރައީސް ސޯލިހު

ކުރިއަތް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތިލެއްވުމަކީ އިންތިހާބު ކާމިޔާބު ކުރަން ފަސޭހަ ވާނެ ކަމެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދ. ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވަނީ މީގެ ކުރިން އެމަނިކުފާނު ވިދާޅުވި ގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރައްްވާނެކަމަށް ވިދާޅުވެފައެވެ. އަދި ގިނަ ކެންޑިޑޭޓުން ކުރިމަތި ލުމަކީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމަށް ލިބުނު ބޮޑު ފަސޭހައެއް ކަމަށެވެ.

"އަށް ކެންޑިޑޭޓުން ކުރިމަތިލީ ފުރަތަމަ ފަހަރު. 2008 ގައި ހަ ކެންޑިޑޭޓުން، އޭގެ ފަހުން މިހާ ގިނަ ކެންޑިޑޭޓުން ކުރިމައްޗެއް ނުލާ، ކުރިއަށް ވުރެ މާ ބޮޑު ތަނުން ފަސޭހަވެއްޖެ، އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް އިންތިހާބު ކާމިޔާބު ކުރާނީ އެއް ބުރުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް މަހެއްހާ ދުވަސް އޮތް އިރު ހުރިހާ ކެންޑިޑޭޓުންވެސް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. ނަމަވެސް ރަށްރަށް ވަޑައިގެން އެންމެ ވަރުގަދަ ކެމްޕެއިނެއް ކުރައްވަނީ ރައީސް ސޯލިހު އެކަންޏެވެ.

ރިޔާސީ އިންތިހާބުގައި މިފަހަރު ނުކުންނަވާ ކެންޑިޑޭޓުން:

1- އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް ސޯލިހް
2- ޕީއެންސީގެ ކެންޑިޑޭޓު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
3- ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް
4- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް
5- ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް
6- އުމަރު ނަސީރު (އަމިއްލަ ގޮތުން)
7- އަހުމަދު ފާރިސް މައުމޫން (އަމިއްލަ ގޮތުން)
8- ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ހަސަން ޒަމީލް (އަމިއްލަ ގޮތުން)

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *