Ad

ދެވަނަ ދައުރެއް ލިބިއްޖެ ނަމަ ދުވާފަރުގައި އެއާޕޯޓެއް އަޅާނަން: ރައީސް ސޯލިހު

ދެން އަންނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ރ.ދުއާފަރުގައި އެއާޕޯޓެއް އަޅައިދެއްވާނޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، މިއަދު ރ. އަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި ދުވާފަރު ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ސޯލިހް ވިދާޅުވީ، އެ ރަށުގެ ރައްޔިތުން މިހާރު އެންމެ ބޭނުންވަނީ އެއާޕޯޓެއް ތަރައްގީ ކުރުން ކަމަށެވެ.

އެކަން އެންމެ ބޮޑަށް ފާހަގަ ވެގެން ދިޔަ ސަބަބުކަމުގައި ރައީސް ސޯލިހު ވިދާޅުވީ، ދުވާފަރަށް ފައިބައިގެން އައި ވަގުތުގައި ކޮންމެ ތިންބޭފުޅަކުން އެއްބޭފުޅަކު ސިއްރު ސިއްރުން އެއާޕޯޓެއް ބޭނުންވާކަމަށް ބުނެފައިވާތީއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ދުވާފަރު ރައްޔިތުންގެ އެހުށަހެޅުމާ އެކު، ޕްލޭނިން މިނިސްޓްރީ އާ ޕޮލިސީ ޓީމާ އަދި ފައިނޭންސް ޓީމާ އެކު މަޝްވަރާ ކުރައްވާނޭ ކަމަށެވެ. އަދި ރައްޔިތުންގެ އުންމީދު ގައި ކުލަޖެއްސުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. ރައީސް ސޯލިހު ވަނީ ރައްޔިތުން އެކަމަށް އުންމީދު ގެއްލުވާނުލުމަށް ތަކުރާރުކޮށް އެދި ވަޑައިގަންނަވާފައެވެ.

މީގެ އިތުރުން ވެސް ރައީސް ވަނީ  ދުވާފަރަށް ކޮށްދެއްވާނެ ބައެއްކަން ކަން ވިދާޅުވެ ދެއްވާފައެވެ. އެގޮތުން ދުވާފަރުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކޮށްދެއްވާނެ ކަމަށާއި، ދުވާފަރުގައި އާރުޓީއެލްގެ ބަހުގެ ހިދުމަތް ފައްޓަވައި ދިނުމުގެ އިތުރުން އެރަށުގެ މަސްވެރިން ބާނާ މަސް ގަނެ ރައްކާކުރެވޭނެ ގޮތެއް ހައްދަވައި ދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *