Ad

ވެރިކަން ލިބިއްޖެ ނަމަ ޕާކިން ސްޓިކާ ޖޫރިމަނާ މާއާފުކޮށްދޭން: ޑރ. މުއިއްޒު

ކުރިއަށްއޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ޕާކިން ސްޓިކާ ޖޫރިމަނާ މައާފު ކޮށްދޭނޭކަމަށް ޕީޕީއެމް ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ށ އަތޮޅު ފުނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ޕާކް ކުރާނެ ތަނެއް ނުދައްކައި ވެހިކަލްތަކުގައި ސްޓިކާ ނުޖެހުމަކީ ސަރުކާރުގެ ވައުދެއްކަމަށް ވާއިރު، އެމަގުން ކަންކުރާ މަންޒަރު ނުފެންނަ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެއީ އަދުލުވެރިކަމެއް ކަމަށް ބެލެވެން ނެތްކަމަށާއި އެގޮތަށް ކުރެވޭ ޖޫރިމަނާތަކުން ދައުލަތަށް އާމްދަނީ ލިބޭނޭކަމަށް ބަޖެޓުގައިވެސް ހިސާބު ޖައްސަވާފައި ހުންނަ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އަރާފައިވާ ހުރިހާ ޕާކިން ޖޫރިމަނާ މައާފުކޮށްދޭނޭ ކަމަށެވެ. އަދި މާލެއަށް ދިމާވެފައިވާ ޕާކްކުރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މަލްޓި ސްޓޯރީ ޕާކިން އިމާރާތްތައް އަޅާނޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޕާކިން ސްޓިކާ ޖޫރިމަނާ މައާފު ކޮށްދޭނޭކަމަށް ޕީޕީއެމް ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، ޕާކް ކުރާނެ ޖާގަ ނެތުމަކީ މާލެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *