Ad

އެއްވެސް މެމްބަރަކާއި ރިޝްވަތުގެ ގޮތުގައި ފައިސާގެ މުއާމަލާތެއް ހިންގާފައި ނުވާނެ: ރައީސް

އެމްޑީޕީން އަލަށް ގުޅުނު މެމްބަރުން ގުޅުނީ އެމެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާގެ އެއްވެސް މުއާމަލާތެއް ކޮށްގެން ނޫންކަމަށް ރައީސް ޞާލިހު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ލ. ފޮނަދޫގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެއްވެސް މެމްބަރަކަށް ފައިސާގެ މުއާމަލާތެއް ހިންގައިގެން ރިޝްވަތު ދީގެން އަލުން އެމްޑީޕީއަށް ގެނެސްފައި ނުވާނެކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީން ވަކިވުމަށްފަހު އެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅެނީ އެމެމްބަރުންގެ ދާއިރާގެ މީހުން އެކަމަށް އެދޭތީ ކަމަށެވެ.

އެމްޑީޕީ ތެރެއިން އުފެދުނު ޑިމޮކްރެޓްސް އަށް ދިޔަ މެމްބަރުންގެ ތެރެއިން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވަނީ އަލުން އެމްޑީޕީއާއި ގުޅިފައެވެ. މިދެބޭފުޅުން ގުޅިފައިވަނީ ފައިސާގެ ނުފޫޒާއި ރިޝްވަތު ދީގެންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެމްޑީޕީ ދޫކުރެއްވި މެމްބަރުންތަކެއް އަލުން އެ ޕާޓީ އަށް ސޮއިކުރެއްވުމާ ދިމާކޮށް، މެމްބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމަށް ބުނެ، އެކަން ބަލައި ދިނުމަށް މަޖިލިހުގެ އިދާރާ އިން މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށަހެޅި އެވެ. ނަމަވެސް ޖިނާއީ ތަހުގީގަކަށް ބޭނުންވާ އަސާސީ މައުލޫމާތު ހުށަހަޅާފައި ނުވާތީ، އެ މައްސަލަ ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށް ފުލުހުން އިއްޔެ މަޖިލިހުގެ އިދާރާ އަށް އެންގިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *