Ad

ރިޔާސީ އިންތިހާބު 2023: ވޯޓު ގުނަން ފަށައިފި

ރިޔާސީ އިންތިހާބުގެ ބައެއް ފޮށިތައް ގުނަން ފަށައިފިއެވެ.

ގިނަ ރަށްތަކުގައި ވޯޓު ފޮށިތައް ބަންދު ކުރިއިރު ވޯޓުލުން ބަންދުވި އިރު ގިނަބަޔަކު ވޯޓުލާން ނުދާތީ, ވޯޓު ލީ މީހުންގެ ނިސްބަތް ވަރަށް މަދުވާނެކަމަށް ވަނީ ބެލެވިފައެވެ.

މި އިންތިހާބުގައި ޖުމުލަ 574 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގައި ބަހައްޓާފައިވާ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބަހައްޓާފައިވާ 319 ފޮއްޓާއި ރިސޯޓުތަކުގައި ބަހައްޓާފައިވާ 65 ފޮއްޓާއި ޖަލުތަކާއި ސިނާއީ ރަށްތަކުގައި ބަހައްޓާފައިވާ 6 ފޮށީގެ އިތުރުން ރާއްޖެއިން ބޭރުގައި ބަހައްޓާފައިވާ 8 ފޮށްޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *