Ad

ރިޔާސީ އިންތިހާބު 2023: ޑރ. މުއިއްޒު ކުރީގައި، 2 ވަނަ ބުރަށް!

ރިޔާސީ އިންތިހާބުގެ ފޮށިތަކުގެ ނަތީޖާ އަންނަން ފަށާފައިވާއިރު އެންމެ ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހެވެ. އެންމެ ކުރީގައި އުޅުއްވަނީ ޑރ. މުއިއްޒެވެ.

ޑރ. މުއިއްޒަށް 100،322 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލާން ނުކުތް މީހުންގެ 45.1 ޕަސެންޓެވެ. ދެ ވަނައަށް ވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 85،045 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 38.2 ޕަސެންޓެވެ.

ކުރިން ހީނުކުރާ ގޮތަށް ބައެއް ބޮޑެތި ދާއިރާތަކުން އިދިކޮޅު ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ވަނީ ކުރި ހޯދާފައެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމުލަ 282,395 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. މީގެ ތެރެއިން އަލަށް ވޯޓު ލެވޭ މީހުންގެ އާބާދީއަކީ 27,006 އެވެ.

މި އިންތިހާބުގައި ޖުމުލަ 574 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގައި ބަހައްޓާފައިވާ 176 ފޮށްޓާއި އަތޮޅު ތެރޭގައި ބަހައްޓާފައިވާ 319 ފޮއްޓާއި ރިސޯޓުތަކުގައި ބަހައްޓާފައިވާ 65 ފޮއްޓާއި ޖަލުތަކާއި ސިނާއީ ރަށްތަކުގައި ބަހައްޓާފައިވާ 6 ފޮށީގެ އިތުރުން ރާއްޖެއިން ބޭރުގައި ބަހައްޓާފައިވާ 8 ފޮށްޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *