Ad

ރައީސް ނަޝީދުގެ ވިސްނުން ޕީއެންސީއާ ދިމާލަށް!

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ރައީސް ސޯލިހާއެކު ދަ ޑިކޮމްރަޓްސްއިން ކޯލިޝަން ނުހަދާނެ ކަމުގެ އިޝާރާތެއް އެޕާޓީ މޭސްތިރިޔާ ރައީސް ނަޝީދު ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިފައިވާއިރު އެއްބުރުން އިންތިހާބު ކާމިޔާބުކުރެވޭ މިންވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓް ލިބިފައިނުވާތީ ދެވަނަ ބުރަކަށް ދާން ޖެހެއެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުއިއްޒަށް 100،322 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލާން ނުކުތް މީހުންގެ 45.1 ޕަސެންޓެވެ. ދެ ވަނައަށް ވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 85،045 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 38.2 ޕަސެންޓެވެ.  3 ވަނައަށް އެންމެ ގިނަ ވޯޓް ހޯއްދެވީ ރައީސް ނަޝީދު އިސްކޮށް ހުންނަވާ ދަ ޑިކޮމްޓަރްސްގެ ކެންޑިޑޭޓް އިލިޔާސް ލަބީބެވެ. އިންތިހާބުގައި އިލިޔާސްއަށް 15 ހާސް 600 ވޯޓް ލިބިވަޑައިގަތެވެ. މިއީ 7 ޕަސެންޓެވެ. އެހެންކަމުން އިންތިހާބުގެ ދެވަނަ ބުރުގައި ނަތީޖާ އަނބުރާލުމަށް އެންމެ މުހިންމީ ދަ ޑިމޮކްރަޓްސްއެވެ. މިއީ އެންމެ ފަހުން ބޭއްވި 3 ރިޔާސީ އިންތިހާބުގައި ޤާސިމް އިބްރާހިމްގެ މަޤާމެވެ. އެމްޑީޕީގެ ލީޑަރޝިޕާ އުފެދުނު ހިޔާލު ތަފާތުވުމެއްގެ ސަބަބުން އެޕާޓީން ވަކިވި ރައީސް ނަޝީދު ނިންމަވާ ގޮތަކަށް އެންމެން އިންތިޒާރުގައި ތިއްވާ ރައީސް ސޯލިހާއެކު ކޯލިޝަން ނުހަދާނެ ކަމުގެ އިޝާރާތެއް ރައީސް ނަޝީދު ވަނީ ކުރައްވާފައެވެ. ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރަށް ޖާގަދީ އަދި އެގޮތް މިދިޔަ ފަސް އަހަރަށް ވުރެ ބޮޑަށް ވަކި ބޮޑަށް ފަންފީޒު ކުރާނެ ސަރުކާރެއް އަތުވެދާނެ ކަމުގެ ބިރުވެެރިކަން އޮތް ކަމަށް ދެކެން ދަތި ކަމަށެވެ.

 

ރައީސް ނަޝީދާއެކު ކޯލިޝަން ހައްދަވާނެތޯ ރައީސް ސޯލިހާ ސުވާލުކުރެއްވުމުން ވިދާޅުވީ ދެވަނަ ބުރުގައި އިތުރު ބަޔަކާއެކު ކޯލިޝަން ހަދަންޖެހޭނެކަމަށެވެ. ނަމަވެސް ރައީސް ނަޝީދާ ބެހޭގޮތުން ކުރެއްވި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވިއެވެ،

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *