Ad

ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ރަސްމީ ގަޑީގެ ނިޔަލަށް!

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން އެދޭނަމަ ރީރެޖިސްޓާރ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރީރެޖިސްޓާ ވުމުގެ މުއްދަތު ހަމަވާނީ އާދިއްތަ ދުވަހުގެ 03:00 އަށެވެ. މި ފަހަރު ވެސް އޮންލައިންކޮށް ރީރެޖިސްޓާ ކުރެވޭނެއެވެ. އަލި އިލެކްޝަންސް ކޮމިޝަނުގެ ރީރެޖިސްޓްރޭޝަން ޕޯޓަލްއިން ރީރެޖިސްޓާ ވުމަށްވެސް  އެދި ހުށަހެޅޭނެއެވެ. މާލެ ފިޔަވާ އެހެން ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާއިން ރީރެޖިސްޓާ ވުމަށް އެދޭ ފޯމް ދޫކޮށް ބަލައިގަންނާނެއެވެ. މާލޭގައި ނަމަ، ފޯމް ދޫކޮށް ބަލައިގަތުމުގެ ކަންކަން ކުރިއަށް ދާނީ އިންތިޚާބާ ބެހޭ މަރުުކަޒު، ދަރުބާރުގޭގައެވެ.

ރާއްޖޭން ބޭރު ގައުމަކަށް ރީރެޖިސްޓާ ކުރަން ބޭނުންވާ މީހުނަށް ވެސް ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށް ރީރެޖިސްޓާ ވެވޭނެއެވެ. ރާއްޖޭން ބޭރުގައި ރީރެޖިސްޓާ ވާން ބޭނުން ނަމަ އެމްބަސީތަކުން ވެސް ފޯމު ދޫކޮށް ބަލައިގަންނާނެއެވެ.

"ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށް ރީރެޖިސްޓާ ވެވޭނެ. އެކަމަކު އޯޓީޕީ ދާނީ ދިވެހި ނަމްބަރަކަށް. ދިވެހި ނަމްބަރަކަށް އޯޓީޕީ ފޮނުވައިގެން ވެވޭނެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ވަރަށް ގިނަ މީހުން ރާއްޖެއިން ބޭރުން އޮންލައިން ކޮށް ރީރެޖިސްޓާ ވި،" އީސީގެ ނައިބްރައީސް ހަބީބް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *