Ad

އުމަރަށްވުރެ މަދުން ވޯޓު ލިބުނީމާ ސައިޒު ބޮޑުވެގެން އުޅޭކަން ބޭނުމެއް ނޫން: ޤާސިމް

އުމަރަށްވުރެ މަދުން ވޯޓު ލިބުނީމާ ސައިޒު ބޮޑުވެގެން އުޅޭކަން ބޭނުމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ވަނީ ނިންމާފައެވެ. މިގޮތަށް ނިންމެވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ރައްްޔިތުން އެކަނިކުފާނު ބަލައި ނުގަތް ކަމަަށެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަށްވުރެ ވޯޓު މަދުން ލިބުމުން ސައިޒް ބޮޑުވެގެން ދެން އުޅެން ބޭނުމެއް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ، ރައްޔިތުން އެމަނިކުފާނު ބަލައި ނުގަތަކީ އެމަނިކުފާނު ތާއީދުކޮށްގެން ގެނައި ސަރުކާރުތަކުން ކަންކުރި ގޮތުން ކަމަށެވެ.

ޖޭޕީން މިގޮތަށް ނިންމެވިއިރު، ގާސިމްއާއި ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ސަން އައިލެންޑްގައި ކޯލިޝަން މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. އަދި ރައީސް ސޯލިހް ދެ ދުވަހުގެ މުއްދަތަކަށް ސަން އައިލެންޑަށް ވަޑައިގެން ގާސިމްއާއިއެކުގައި ވަނީ ދެވަނަ ބުރަށް ތާއީދު ހޯދެއްވުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 101613 ވޯޓް ހޯދައިގެން އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ 46.06 ޕަސެންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86151 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 39.05 ޕަސެންޓެވެ. އަދި 15835 ވޯޓާއެކު 3 ވަނަ ހޯއްދެވީ ދަ ޑިމޮކްރަޓްސްގެ އިލްޔާސް ލަބީބެވެ. އެއީ 7.18 ޕަސެންޓެވެ. 6341 ވޯޓާއެކު 4 ވަނައަށް އެންމެ ގިނަ ވޯޓް ހޯއްދެވީ އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރެވެ. އެއީ 2.87 ޕަސެންޓެވެ. 22000 މީހުން ތިބި ޖުމްހޫރީޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް މި އިންތިހާބުގައި ލިބުނީ އެންމެ 2.47 ޕަސެންޓެވެ. އެއީ 5460 ވޯޓެވެ.

އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން 6 ވަނައަށް އެންމެ ގިނަ ވޯޓް ލިބުނީ އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިޝް މައުމޫނެވެ. އެއީ 2979 ވޯޓެވެ. ޕަސެންޓުން ބަލާނަމަ 1.35 ޕަސެންޓެވެ. 1907 ވޯޓާއެކު އިންތިހާބުގައި ދެވަނައަށް އެންމެ މަދުން ވޯޓު ލިބުނީ އެމްއެންޕީގެ ކާނަލް މުހައްމަދު ނާޒިމްއަށެވެ. އެއީ 0.86 ޕަސެންޓެވެ. 327 ވޯޓާއެކު އެންމެ ފުލަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލެވެ. އެއީ 0.15 ޕަސެންޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *