Ad
ޢަލީ ވަހީދު
ޢަލީ ވަހީދު

އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ

އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެއެވެ.

މިކަން ހާމަކޮށް އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ޤައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނަވާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް ޤާސިމް އިބްރާހިމްގެ  އަރިހުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާއެކެވެ. މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީއިން އަޅުގަނޑު ވަކިވެއްޖައީމެވެ. ދިވެހި ޤައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނާނަމެވެ." އަލީވަހީދު ވިދާޅުވިއެވެ.

 

https://twitter.com/ali20waheed/status/1704510755482055165

އަލީވަހީދު ޖުމްހޫރީ ޕާޓީން ވަކިވެފައިމިވަނީ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި އެޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފައިވާ ދަނޑިވަޅެއްގައެެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަލީ ވަހީދު ތާއީދު ކުރައްވާނީ ރައީސް ސޯލިހަށެވެ. އަލީ ވަހީދަކީ މިސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *