Ad

ވައުދުތަކުގެ މަތީން ހަނދާން ހުންނާނެ، ފުރަތަމަ ދުވަހުން ފެށިގެން ވަޢުދުތައް ފުއްދާނަން: ޑރ. މުއިއްޒު

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގަންނަވާ ކޮންމެ ވައުދަކީ ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހުން ފެށިގެންވެސް ފުއްދަން މަސައްކަތް ފަށާނެ ވައުދުތަކެއް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ، މިއަދު ބ. ގޮއިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. ޑރ. މުއިއްޒު ވިދާޅުވީ ކޮންމެ ރަށަކަށް ވަޑައިގަތުމުންވެސް އެރަށަކުން އެދޭ ކަންތައްތަކުގެ ލިސްޓު ދިގު ކަމަށެވެ. އެކަން އެހެން ވެފައިވަނީ މިސަރުކާރުގެ ފަސް އަހަރު ތެރޭ ރަށްރަށަށް އަޅާ ނުލާ ދޫކޮށްލާފައި ހުރުމުން ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ވައުދުތައް ފުއްދާނީ ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ މަޝްވަރާގެ މަތީންކަމަށެވެ.

ގޮއިދޫއަށް މުއިއްޒު ހުށަހެޅުއްވި ވައުދުތައް:

– ފަޅު ތެރޭގައި ރިސޯޓް ތަރައްޤީ ކުރުން
– ސީޕްލޭންގެ ޚިދުމަތް ތަޢާރަފް ކުރުން
– ބަޔޯސްފިޔާއިން އިކޯޓޫރިޒަމް ޕްރޮޖެކްޓެއް ހިންގުން
– ޒަމާނީ ބޯޅަ ދަނޑެއް ހެދުން
– ސްކޫލުގެ ޖާގަ އިތުރުކޮށް ދިނުން
– ސިއްޚީ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުން
– ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދިނުން
– ޒަމާނީ އިންޖީނުއެއް އަޅާދީ، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުން
– ރަށް ގިރުމަށް ދިމާވެފައިވާ މައްސަލަ ހައްލު ކޮށްދިނުން
– ޒުވާނުންގެ މަރުކަޒެއް ޤާއިމް ކޮށްދިނުން
– އޭޓީއެމްއެއް ޤާއިމް ކޮށްދިނުން

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *