ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ މީހުންގެ ވައަތުގެ މެދު އިނގިލީގައި ފާހަގަ ޖަހަން އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން ބަދަލުކޮށް، ވައަތުގެ ކަށި އިނގިލީގައި ފާހަގަ ޖަހަން ނިންމައިފިއެވެ.
މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފާހަގަޖެހީ ވައަތުގެ ޝަހާދަތް އިނގިލީގައެވެ. އިލެކްޝަން ކޮމިޝަނުން ފުރަތަމަ ނިންމީ ދެވަނަ ބުރުގައި ވައަތުގެ މެދު އިނގިލީގައި ފާހަގައެއް ޖެހުމަށެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން ކޮމިޝަނަށް އަމާޒުވުމުން އެކޮމިޝަނުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
އިންތިޚާބާއި ބެހޭ ޤަވާއިދު ބަޔާންކުރާ ގޮތުގައި، ގާތްގާތުގައި އިންތިޚާބު ބާއްވާނަމަ، ކުރީ އިންތިޚާބުގައި ފާހަގަ ޖެހި އިނގިލި ފިޔަވައި، ފާހަގަޖެހުމަށް އެހެން އިނގިއްޔެއް ކަނޑައަޅަންޖެހެއެވެ. އިންތިޚާބުގައި ފާހަގަ ޖެހުމަށް ބޭނުންކުރަނީ ގިނަ ދުވަހަށް ދެލި ނުފިލާ މާކަރެވެ.
އީސީން ބުނީ ވައަތުގެ މެދު އިނގިލީގެ ބަދަލުގައި ކަށި އިނގިލީގައި ފާހަގަ ޖެހުމަށް ނިންމާފައިވާ ކަމަށެވެ.
ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާ އިރު، ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އިންތިޚާބުގެ ޤަވާޢިދުގައިވެސް އޮންނަ ގޮތުގެ މަތިން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ފާހަގަ ޖަހާ އިނގިލި ބަދަލުކޮށް، އެކޮމިޝަނުން ނިންމަވާފައިވަނީ ވައަތުގެ ކަށި އިނގިލީގައި ފާހަގަޖެހުމަށް ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ، އަންނަ ހޮނިހިރު ދުވަހުއެވެ. އިންތީާބުގެ ވޯޓުލުން ކުރިއަށްދާނީއ ެދުވަހު ހެނދުނު 08:00 އިން ހަވީރު 05:00 ހަމައަށެވެ. މި އިންތިޚަބުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އަދި މުޅިން އަލަށް 409 މީހަކަށް މި އިންތިޚާބުގައި ވޯޓު ލެވެއެވެ.