Ad

މުއިއްޒު ފޯ އީ ސްޕޯރޓްސް އިވެންޓް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

މުއިއްޒު ފޯ އީ-ސްޕޯރޓްސް ގެ ނަމުގައި ގިނަ ޢަދަދެއްގެ ޒުވާނުން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިޔަށް ގެންދިޔަ އިވެންޓް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ސެޕްޓެމްބަރު 28 ވަނަ ދުވަހު މެންދުރު ފަހު 2 އިން ރޭގަނޑު 11 އަށް ކުރިޔަށް ދިޔަ މި އިވެންޓަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

މި އިވެންޓް ހިނގަމުން ދިޔަ މާލަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފް ވަނީޒިޔާރަތްކުރައްވައިފައެވެ. އަދި ކެންޑިޑޭޓާ ރަނިންމޭޓްވެސް ވަނީ ޒުވާނުންނާއިއެކު ވަގުތު ހޭދަކުރައްވާ ކުޅިވަރުތަކުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި އިވެންޓުގައި ވާހަކަ ފުޅު ދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ އިންޓަނޭޝަނަލް އީސްޕޯޓްސް އެރީނާއެއް މާލޭގެ އިތުރުން، ރާއްޖޭގެ އުތުރާއި، ދެކުނުގެ ދެ ރަށެއްގައި ގާއިމުކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން ޒުވާނުން މާލޭގައި އުޅޭ ދަތި ހާލު އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެން ކަމުން، 18 އަހަރު ފުރުމާ އެކު، އަމިއްލަ ހައުސިން އެއް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. "އަޅުގަނޑު ބޭނުން އެފޯޑަބަލް ހައުސިންއެއް ޒުވާނުންނަށް ފޯރުކޮށްދީގެން ލައިފް އެއް ބިލްޑު ކުރަން ފުރުސަތު ދޭން" އެމަނިކުފާނު ވިދާޅުވިއެވެ.

400 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވި މި އިވެންޓުގައި އީ-ސްޕޯޓްސް މުބާރާތުގެ އިތުރުން، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަލަށް ވޯޓުލާ ގިނަ ޒުވާނުންތަކެއްވެސް ވަނީ ބައިވެރިވެފައެވެ. އަދި އަލަށް ވޯޓުލާ ކުދީންނަށް ޚާއްޞަކޮށްގެންވެސް ތަފާތު ގޭމްތަކެއް ކުރިއަށް ދިޔައެވެ. މީގެ އިތުރުން، ބޮޑުބެރުގެ ހުށަހެޅުންތަކާ، ލަވަކިޔުންތެރިޔާ މޯލްޑިވިއަން އައިޑޮލްގެ ތަރި ހިޝާންގެ ލަވަކިޔުންވެސް ކުރިއަށް ދިޔައެވެ.

މި އިވެންޓުގައި ބޭއްވި މުބާރާތްތަކުން ވަނަ ހޯދި ފަރާތްތަކަށް ވަނީ އިނާމު ދީފައެވެ. ފީފާ-23 އީގޭމް މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ ހާއިސް ޙުސައިން ޙީލްމީއެވެ. ހާއިސް މި މަޤާމު ހޯދީ 31 ކުޅުންތެރިންނާއި ވާދަކޮށްގެންނެވެ. މި މުބާރާތުން އެއްވަނައަށް ދާ ކުޅުންތެރިއަކަށްވަނީ 15،000 ރުފިޔާގެ އިނާމެއް ހުށަހަޅާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *