Ad

ޤާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފަ ނޯންނާނެ، ހުރިހާ ކަމެއް ބައްލަވާ: ރައީސް ސޯލިހު

ވެރިކަމުގެ މި ދައުރުގައި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފަ ނޯންނާނެކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުން ނާކާމިޔާބުވި ސަބަބުތަކުގެ ތެރޭގައި ސަރުކާރާ ދޭތެރޭ ފަތުރަމުންދިޔަ ވާހަކަތަކުގެ ހަޤީޤަތް ހާމަކޮށް ނުދެވުން ހިމެނޭ ކަމަށެވެ. މިގޮތުން މިވާހަކަތަށް ބައެއް މީހުންނަށް ޤަބޫލުކުރެވުނު ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ، މި 5 އަހަރު ޤާނޫނާ ހިލާފު އެއްވެސް އެއްބަސްވުމެއް ހަދާފައި ނޯންނާނެ ކަމަށާއި ހުރިހާ އެއްބަސްވުމެއް ފެންނަން ހުންނާނެ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ، ކުރިއަށްއޮތްތާންގައިވެސް ދިރިއުޅުއްވާނީ ރާއްޖޭގައި ކަމަށާއި އެމަނިކުފާނަށް ޖަވާބުދާނީ ނުވެވޭފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މި 5 އަހަރު ހެޔޮވެރިކަމެއް ކޮށްދެވިއްޖެ ކަމުގައި އިހުސާސް ކުރެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *