Ad

ޢިރާޤުގެ ކުރީގެ ރައީސް "ޞައްދާމު ޙުސައިން"، ޖެހިލުމެއްނެތި އިޒްރޭލަށް ބޮން އަޅަން ކުރެނު ހަމައެކަނި މުސްލިމު ލީޑަރު!

ޢިރާޤަކީ އިސްލާމީ ދުނިޔޭގެ ތާރީޚުގައި މުހިންމު ޤައުމެކެވެ. އިސްލާމީ ދުނިޔޭގެ މުހިންމު ބޮޑެތި އާސާރީ އެތަކެއް ބިނާތަކެއް ޢިރާޤުގައި އެބަހުއްޓެވެ. ޢިރާޤަކީ މުސްލިމު ޤައުމަކަށްވީއިރު، މަޒުހަބުތަކުގެ ޚިލާފުތަކާހުރެ، ޢިރާޤުގެ އެތެރޭގައި ބޮޑެތި ހަމަނުޖެހުންތަށް ހިނގައެވެ. އެހެން ނަމަވެސް، މުޅި ޢިރާޤު ޢަމާންކޮށް، ބާރުވެރިކަމާއެކު ވެރިކަން ކޮށްލެވުނު ހަމައެކަނި ވެރިޔަކީ ކުރީގެ ރައީސް ޞައްދާމު ޙުސައިން އެވެ.

ޞައްދާމު ޙުސައިންއަކީ ތަފާތު މިޒާޖެއްގެ ރައީސެކެވެ. ހިތްތިރި، ވަރަށް ޖެހިލުންކުޑަ، ސަމާސާ މިޒާޖެއްގެ ބޭފުޅެކެވެ. ޞައްދާމު ޙުސައިންގެ ޒަމާނުގައި ބޮޑެތި ހަނގުރާމަތަކެއް ހިނގައިދިޔައެވެ. ޞައްދާމު ޙުސައިންގެ ޒަޢާމަތުގައި ޢިރާޤު ބާރުގަދަވެގެން އައިގޮތާއި ޞައްދާމު ޙުސައިންގެހުރި ޖެހިލުން ކުޑަކަމާހުރެ، އޭނާގެ މަޤުބޫލުކަން މެދުއިރުމަތީގެ ރައްޔިތުންގެ ކިބައިގައި ބޮޑުވެގެންދިޔައެވެ. ޚާއްޞަކޮށް، ފަލަސްޠީނުގެ މިނިވަންކަމާއި، ފަލަސްޠީނުގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ޚާއްޞަ މަސައްކަތް ތަކެއް ކުރެއްވިއެވެ.

ގަލްފު ހަނގުރާމައިގެ ދުވަސްވަރު، ބޭއްވި ކެބިނެޓް ބައްދަލުވުމުގައި، ފަލަސްޠީނު އަންހެންކުއްޖަކު ޞައްދާމު ޙުސައިންއަށް އެޑްރެސްކޮށް، ފޮނުވާފައިވާ ސިޓީގައި އެއަންހެންކުއްޖާއަށް ކޮންމެ ދުވަހަކު އިޒްރޭލުގެ އަނިޔާވެރި ސިފައިންގެ ކިބައިން ފަލަސްޠީނުގެ ރައްޔިތުންނަށް ލިބޭ އަނިޔާގެ ވާހަކަ ތަފްޞީލުކޮށް ކިޔައިދީފައިވެއެވެ. ޞައްދާމު ޙުސައިންފަދަ ލީޑަރަކަށް، އިޒްރޭލުގެ އަނިޔާވެރިކަން އާކަމަކަށް ނުވާނެއެވެ. އެހެން ނަމަވެސް، އެސިޓީ ކިޔުމަށްފަހު ކީރިތި ކުރައްވައި، ޞިޙްޔޫނީ އިޒްރޭލަށް ފިލާވަޅެއް ދޭންޖެހޭކަމުގައި ޞައްދާމު ޙުސައިން ބުނިކަމަށްވެއެވެ. މިހެން ބުނިތާ، 48 ގަޑިއިރުތެރޭ، އިޒްރޭލު މައިސިޓީ ތެލް އަވީވަށް ޢިރާޤުގެ ސަލާމަތީ ބާރުތަކުން ބޮން އަޅަން ފެށިއެވެ. މިއާއެކު މުޅި އިޒްރޭލްގައި ކުއްލި ޙާލަތެއް އިޢުލާންކޮށް، އެމެރިކާގެ މަދަދަށް އެދުނެވެ. އެހެން ނަމަވެސް، ޢިރާޤަށް ރައްދު ޙަމަލަ ދިނުމަށް އިޒްރޭލަށް ނުކެރުނެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސެއިން

އިޒްރޭލުން ވާގި ހޯދީ އެމެރިކާގެ ސަރުކާރުގައި އެދިގެންނެވެ. އިޒްރޭލަކީ ޢަރަބި ޤައުމުތަކުގައި ޚާއްޞަކޮށް މެދުޢިރުމަތީގައި ހަމަނުޖެހުން ހިންގުމަށްޓަކައި، އެމެރިކާއިން އެހީދީގެން ފައްކާކުރާ ޤައުމެއްކަމުގައި އޭރުވެސް ގިނަ މީޑިއާތަކުން ފާހަގަކުރެއެވެ. ބައިނަލް އަޤްވާމީ ބޮޑެތި މީޑިއާތަކުން ބުނާގޮތުން، އޭރުގެ މަޞްރަޙު އޮތް ގޮތުން، ޞައްދާޙު ޙުސައިން ނިންމަވާފައިއޮތީ މުޅި އިޒްރޭލްގެ ޢަސްކަރިއްޔާ ނެތިކޮށްލާފައި މެނުވީ ހުއްޓާނުލުމަށެވެ.

ޞައްދާމު ޙުސައިންދެކެ އެމެރިކާ އަދި އިޒްރޭލުން ޖެހިލުންވަނީ އެހެންވެގެންނެވެ. އޭރުގެ އިސްލާމީ ޤައުމުތަކުގެ ލީޑަރުންގެ ތެރެއިން، ކެރިހުރެ އިޒްރޭލަށް ޙަމަލާދިނީ ޞައްދާމު ޙުސައިންއެކަންޏެވެ. އެހެން ނަމަވެސް، މިއަދު ފަލަސްޠީނުގެ އެތަކެއް ރައްޔިތުން ޝަހީދުކޮށް، ލާއިންސާނީ އަނިޔާ އިޒްރޭލުން ދެމުންދާއިރު، އިސްލާމީ ބޮޑެތި ޤައުމުތަކުގެ ލީޑަރުން އެތިބެނީ އެއްވެސް އެއްޗެއް ނުބުނެއެވެ.

ޞައްދާމު ޙުސައިންއަށްފަހު ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި، މަސައްކަތްތަކެއްކުރެއްވި ވެރިޔަކީ މިޞްރުގެ ކުރީގެ ރައީސް މުރުސީއެވެ. ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި މަސައްކަތްކުރާ ހަމާސް އާއި އިސްލާމިކް ޖިހާދުފަދަ ބޮޑެތި ޖަމާޢަތްތަކާ ގުޅުން ބަދަހިކޮށް، ރަފާ ބޯޑަރު ހުޅުވައިދީ، މިޞްރުން ޚިދުމަތް ލިބޭނެ ގޮތްވެސް ހަދައިދިނެވެ. މިކަން އެމެރިކާއަށްވީ، ޤައުމީ ސަލާމަތަށްހުރި ނުރައްކަލަކަށެވެ. މިސަބަބާހުރެ، އެމެރިކާ އަދި އިޒްރޭލުން ފަންޑުކޮށްގެން އެތެރޭގެ ބަޣާވާތަކުން މުރުޞީ ވެރިކަމުން ދުރުކޮށްފައިވެއެވެ.

މިއަދު، ޞައްދާމު ޙުސައިންއެއްވެސް، މުރުޞީއެއްވެސް ދުނިޔޭގައި ނެތެވެ. ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ބާރުހުރި އިސްލާމީ ޤައުމުތަކުން އެކަށޭނެ މަސަކަތްތަކެއްކުރާތަނެއް ނުފެނެއެވެ.

ގުޅުންހުރި ލިޔުންތައް
ފޮޓޯ
ރަސްމީ ދަތުރުފުޅެއްގައި ފ.ނިލަންދޫއަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން މަރްޙަބާ ދަންނަވަނީ. ރައީސް ނިލަންދޫއަށް ފައިބާވަޑައިގަތީ ވާރޭވެހެމުންދިޔަ ވަގުތެއްގައިކަމަށް ވީނަމަވެސް ގިނަ ޢަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރްޙަބާ ދެންނެވުމަށް ނުކުމެ ތިބި. މިރޭ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި މުހިންމު މަޝްރޫޢުތަކެއް ރައީސް ވަނީ އިޢުލާންކުރައްވާފައި.
ފޮޓޯ
އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފެން އުފައްދާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއާ، އެމްޑަބްލިއުއެސްސީ އިން މިއަދު ސޮއިކުރަނީ. 282 މިލިއަން ރުފިޔާގެ މި މަޝްރޫޢު 1 އަހަރުދުވަހުގެ ތެރޭގައި ނިމޭއިރު އައްޑޫ ސިޓީގެ އާބާދީއަށް ބޭނުންވާނެ މީރު ފެން އެ ސިޓީގައި އުފައްދަމުންދާނެ. އަދި ފެން އުފައްދާ ނިޒާމަށް ބާރު ބޮޑުވެ، މިހާރު ކުރިމަތިވަމުންދާ ދަތިތައް އެކީ ހައްލުވެގެން ދާނެ. އައްޑޫ ސިޓީގެ ތަރައްޤީއަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ބޮޑު އިސްކަމެއް ދަނީ ދެމުން.
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *