Ad
ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ހަވާލުކުރުމުގެ ތެރެއިން
ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ހަވާލުކުރުމުގެ ތެރެއިން

ބޯހިޔާވަހިކަމުގެ 2 ވަނަ ބުރު: 40 ހާހަށްވުރެ ގިނަ މީހުން ފޯމް ހުށައަޅައިފި

ސަރުކާރުން ކުރިޔަށް ގެންދާ ބޯހިޔާވެހިކަމުގެ ދެވަނަ ފިޔަވަހީގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފުލެޓަށް ކުރިމަތި ލުމުގެ ސުންގަޑި މިއަދު 15:00 އަށް ވަނީ ހަމަވެފައެވެ.

ވަގުތު ހަމަވިއިރު ފުލެޓަށް އެދި 21247 ފޯމް ހުށައަޅާފައިވާއިރު ގޯއްޗަށް އެދި 19347 ފޯމް ވަނީ ހުށައަޅާފައެވެ.

ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަށް ނިންމާފައިވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ. މި ގޯތިތައް ދޫކުރުމަށް އުތުރު ތިލަފަޅުން 215 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ގޯއްޗަށް ޝަރުތު ހަމަވާ 18،955 މީހުން ހިމެނެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ދޫކުރާ ފްލެޓްތައް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ ފްލެޓްތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދާ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.

ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ފުރަތަމަ އަޅަން ނިންމާފައިވަނީ 4،000 ފްލެޓެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. މި މަޝްރޫއުގެ ދަށުން އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.

އެގޮތުން ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު އިމާރާތްކުރުމަށް ހަމަޖެހިފައިވާއިރު، ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް އިމާރާތް ކުރާނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެއެވެ.

ސަރުކާރުން ކުރިޔަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ފުރަތަމަ ފިޔަވަހީގައި ގޯއްޗަށް އެދި 15،164 މީހުން ކުރިމަތިލިއިރު، ފްލެޓަށް ކުރިމަތިލީ 20،697 މީހުންނެވެ. މީގެތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން ކުރިމަތިލާފައިވާއިރު، ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލީ 6208 މީހުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *