Ad

ވަންދޫ "އަސްދާނު" ދޯނިން ފަލަސްތީނުގެ ރައްޔިތުންނަށް 25000ރ ހަދިޔާކޮށްފި

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތ.ވަންދޫ އަސްދާނު ދޯނިން 25000ރ ހަދިޔާކޮށްފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަން އެ ދޯނިން ހަދިޔާ ކުރި ފައިސާ ވަނީ އިންޓަރނޭޝެނަލް އެއިޑް ކެމްޕެއިންގެ އެކައުންޓަށް ޖަމާކޮށްފައެވެ. ފައިސާ ޖަމާކުރުމަށްފަހު އެދޯނީގެ މަސްވެރިންވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ދައްކުވައިދޭ ޓީޝާޓާއެކު ފޮޓޯނަގައި ސޯޝަލް މީޑިއަށް ދޫކޮށްލާފައެވެ.

އިޒްރޭލް ސިފައިން ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއިއެކު ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގެންދަނީ އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ބައެއް ދޯނިފަހަރުންވެސް ގެންދަނީ މި ހަރަކާތުގައި ބައިވެރި ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިގޮތުން ގއ.ވިލިނގިލީ ކަރަވައްތާ ދޯންޏާއި އެެރަށު ހުސީނާ ދޯނި އަދި އުޖާލާ ދޯނިން ވަނީ ކޮންމެ ދޯންޏަކުން 25000 ރުފިޔާ ހަދިޔާކޮށްފައެވެ. އަދި އެ އަތޮޅު ކަނޑުހުޅުދޫ ސީހޯސް 3، ދޯނިން ވަނީ ފަލަސްތީން ފަންޑަށް 50000 ރުފިޔާ ހަދިޔާ ކޮށްފައެވެ.

ގއ. މާމެންދޫ ދުވެލި-6 ދޯނިން 25000 ރުފިޔާ ހަދިޔާކުރިއިރު، އެ ރަށު ހުޝިޔާރު ދޯނިންވެސް ވަނީ 25000 ރުފިޔާ، ހަދިޔާކޮށްފައެވެ. މީގެއިތުރުން ގދ. ފަރެސްމާތޮޑާ ޑޭޒީ ވިއު ދޯނިން 25000 ރުފިޔާ ހަދިޔާކުރިއިރު ލ.މާވަށު ރަންދޯދި ދޯނިންވެސް ވަނީ 25000 ރުފިޔާ ހަދިޔާކޮށްފައެެވެ. މީގެއިތުރުން ގއ.ކޮލަމާފުށި ރާސްތާ ދޯނިން ވަނީ 127433 (އެއްލައްކަ ހަތާވީސް ހާސް ހަތަރުސަތޭކަ ތިރީސް ތިން) ރުފިޔާ ވަނީ ފަލަސްތީން ފަންޑަށް ހަދިޔާކޮށްފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިން ވަނީ ފާއިތުވެދިޔަ ތަނުގައި ވެސް މިފަދަ ކޮންމެ ކަމެއްގައި ނަމޫނާ ދައްކާފައެވެ. މިގޮތުން ކޮވިޑްގެ ދަތި ހާލަތުގައި ރާއްޖޭގެ ރަށްރަށުން ރަށުބަންދުގައި ތިބިއިރު ކަރަންޓީނަށް ލީ ރަށްރަށަށް ކެއުމަށް ބޭނުންވާ މަސް ހިލޭ ފޯރުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *