Ad

އޭ ރިޕޯޓަކާއެކު މަތިވެރީ ދާއިރާއަށް ޝުޖާއު އާދަމް!

ދުވަސްވަރަކީ އެކި އެކި ފަރާތްތަކުން ރައްޔިތުން މަޖިލީހަށް ކުރިމަތިލުމުގެ ޝައުޤުވެރިކަން ފާޅުކުރަމުންދާ ދުވަސްވަރެވެ. އެކިއެކި ދާއިރާތަކުގައި އުޅުއްވާ އެކިދާއިރާތަކުގެ ތަޖުރިބާ ހުރި ބޭފުޅުންނެވެ. ވާދަކުރައްވަނީ އެކިއެކި ދާއިރާތަކަށެވެ. ވުމާއެކު ސުވާލަކީ މަތިވެރީ ދާއިރާއަށް ޝުޖާއު އާދަމް މިފަހަރު ކިހިނެއް ވާނެތޯއެވެ؟

ގައިމުވެސް ދާއިރާއަށް އާ ނަމެއް ނޫނެވެ. އެންމެންނަށް އެނގޭ ފަރިތަ މޫނެކެވެ. ވިދިވިދިގެން ދެއަހަރު ރާއްޖޭގެ ފަޙްރުވެރި 1 ވަނަ ހޯދާފައިވާ އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސްއެވެ. އީދާރީ ދާއިރާތަށް ލާމަރުކަޒުކުރީއްސުރެ ކައުންސިލްގައި ހަރަކާތެރިވަމުން އަންނަ ފަރާތަކެވެ. ޓީޗިން ދާއިރާއިން ރަށައް ޚިދުމަތް ކޮށްދިނުމަށްފަހު ފުރުތަމަ ސިޔާސީ ހަޔާތް ފެށީ 2011 ވަނަ އަހަރު ކައުންސިލް މެމްބަރެއްގެ ގޮތުގައެވެ. އެއަށްފަހު ދެންފެށިގެން އައި ކޮންްމެ ދައުރެއްގައި ކައުންސިލްގެ ރައީސްކަމެވެ. ސިޔާސީ ހަޔާތުގައި ޖުމުލަ 12 އަހަރަށްވުރެ ގިނަދުވަސްވެގެން ދާއިރު ކަންކަން ރާވާލުމާއި އިންތިޒާމް ކުރުމުގައި އަބަދުވެސް ބަލަނީ ކުރިޔަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮންކަމެއްތޯއެވެ. ޚާއްސަކޮށް ކޮވިޑްގެ ހާލަތުގައި ރަށުގެ ގިނަބަޔެއްގެ ވަޒީފާ ނެތި ގޮތްހުސްވެފައި ތިބި ދަނޑިވަޅުގައި، އިންކަމް ސަޕޯޓް އެލަވަންސަށް ކުރިމަތިލުމުގައި އެންމެހާ ރައްޔިތުންނަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެވުމުގެ ނަތީޖާއަކީ އެތައް މިލިއަން ރުފިޔާއެއް ރަށައް ލިބިގެން ދިއުމެވެ.

ރައީސްކަމުގެ ހުންގާނުގައި ހިފުމަށްފަހު އިދާރާގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް އިދާރީ އުސޫލު އެކުލަވާލައި މުއައްޒަފުން އިދާރީ އުސޫލަށް އަހްލުވެރިކުރުވުމުގެ ވޯކްޝޮޕެއް ކުރިޔަސް ގެންދިޔައެވެ. ވޯކްޝޮޕް ކުރިޔަށް ގެންގޮސްދިނީ ދެވަނަ ދެމީހެއް ނުނެވެ. ޝުޖާއެވެ. ކައުންސިލްގެ ރައީސްއެވެ. އެއާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަކީ ކައުންސިލްގެ އެންމެ އިސްކަމެއް ދޭކަމެއްގެ ގޮތުގައި ހެދިއެވެ. "ފުރުތަމަ ރައްޔިތު މީހާ" ކައުންސިލްގެ މޮޓޯކަމުގައި ހަދައި ރައްޔިތުންނަށް ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދޭ އިދާރާއަކަށް ބަދަލު ގެނުވައި ރައްޔިތުންގެ އިދާރާއެއް ކަމުގެ އިހްސާސް ރައްޔިތުންނަށް ގެނުވައިފިއެވެ. ދާއިރާގެ މެމްބަރުކަމަށް ބަލަނީނަމަ، ދާއިރާގެ މެމްބަރެއް ހުރިކަމުގެ އިހްސާސް ރައްޔިތުންނަށް ގެނުވައިދޭނެކަން ޔަޤީނެވެ.

2019 ވަނަ އަހަރު ކައުންސިލްތަކުގެ ޕާފޯމެންސް އިންޑެކްސް އިން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ރަށުކައުންސިލަށްވެ 2020 އަދި 2021 ވަނަ އަހަރު ރާއްޖޭގެ ފަޚްރުވެރި އެއްވަނަ ހޯދާފައިވާ ކައުންސިލަށް އ.އ.ބޮޑުފޮޅުދޫ ކައުންސިލްވުމީ އަރިއަތޮޅުގެ ރަށަކަށް، ޚާއްސަކޮށް މަތިވެރި ދާއިރާގެ ރަށަކަށް ޖެހިޖެހިގެން މުޅިރާއްޖެއިން 1ވަނަ ދަރަޖަ ލިބިގެން ދިއުމީ މުޅި އަތޮޅާއި ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެކެވެ.

ޝުޖާއުގެ އެންމެ ފާހަގަކުރެވޭ އެއް ސިފައަކީ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމެވެ. ރައްޔިތުންނާ ގުޅުން ހުރި ހަމަކޮންމެ ކަމެއްގައިމެ ރައްޔިތުންގެ މަޝްވަރާ ހޯދައެވެ. އުމުން ދުވަސްވީ މީހުންގެ ހިޔާލު ހޯދުމަށް ހާއްސަ އިސްކަމެއް ދެއެވެ. ޝުޖާއު ޤަބޫލު ކުރާ ގޮތުގައި އެންމެ އާދައިގެ ރައްޔިތުމީހާގެ ހިޔާލަށްވެސް އިހްތިރާމް ކޮށް ބަލައިގަންނަން ޖެހޭނެއެވެ. އަދި އެންމެ އާދައިގެ މީހާގެ ފަރާތުން ލިބޭ ހިޔާލަކީ އެންމެ ރަނގަޅު ހިޔާލަށްވުންވެސް ގާތްކަމަށް އޭނާ ގަބޫލްކުރެއެވެ. މިޤަބޫލު ކުރުން ހުންނަކަމީ، ރައްޔިތު ކުދިބޮޑު އެންމެން ލޯބިވާ، އެންމެންގެ ރައީސްއަށް ވުމުގެ އެއް އަސްލެވެ. ރައްޔިތުން ޝުޖާއު ސިފަ ކުރަނީ ތެދުވެރިކަމާއެކު ދެފުށްފެންނަ ގޮތަށް މަސައްކަތް ކުރައްވާ ނަޒާހާތްތެރި ބޭފުޅެއްގެ ގޮތުގައެވެ.

ލީޑަޝިޕް މެނޭޖްމެންޓްގެ ދާއިރާއިން ޑިޕްލޮމާ ހެދުމަށްފަހު ދިރިއުޅުމުގެ ކަންކަން ހުރިގޮތުން ކިޔެވުން މެދުކަނޑާލަން ޖެހުނަސް މިއަދުވެސް ކިޔެވުނު އެއްޗެހީގެ ބޭނުން އޭގެ އެންމެ ހެޔޮގޮތުގައި ހިފައެވެ. އިދާރީ ހިންގުމާއި ޓެކްނޮލޮޖީއާއި ގުޅުން ހުރި އެކިއެކި ވޯކްޝޮޕްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައެވެ. އޭނާގެ ޤަބޫލު ކުރާ ޤަބޫލު ކުރުމަކީ ކިތަންމެ ކުޑަކުޑަ ވޯކްޝޮޕަކުންވެސް ކިތަންމެ މުހިންމު އެއްޗެއްވެސް އެނގިދާނެކަމެވެ. އަދި ދަސްވި އެއްޗެއް އެހެން މީހުންނަށް ބުނެދެވެން ޖެހޭނެކަމެވެ. އޭގެފައިދާ އެހެން މީހުންނަށް ކުރަން ޖެހޭނެ ކަމެވެ. ދަސްވާ އެއްޗެހީގެ ފައިދާ އެހެން މީހުންނަށް ފޯރުކޮށްދިނުމަށް އެތަށް މަސައްކަތްތަކެއް ކުރައްވައެވެ. އެކިއެކި ފަރާތްތަކަށް ކޯސްހެދުމުގަޔާއި ކިޔެވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވައެވެ. ލާމަރުކަޒީ ޤާނޫނާއި ޤަވާއިދުތަކާއި އަދިވެސް ގެޒެޓްގައި ޝާއިއުކުރެވޭ އެހެނިހެން ޤާނޫނުތަކާއި ޤަވާއިދުތައް ކިޔައި ބަދަލުތަށް ދެނެގަތުމަށް އަބަދުވެސް ހާއްސަ އިސްކަމެއް ދެއްވައެވެ. ޤާނޫނާއި ޤަވާއިދުތަކަށް ފަރިތަވެފައި އަހްލުވެރިއެވެ. ޢިލްމީ، ތަންދޮރު ދަންނަ މީހަކަށް ވުމަކީ މިއީ ނޫންތޯއެވެ؟ ޤާނޫނު ހަދާ މަޖިލީހަށް ބޭނުންވަނީ މިފަދަ ބޭފުޅުންނޫންތޯއެވެ.

އަންނަ އަހަރުގައި މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ފުރިިހަމަ ކުރުމަކީ ޝުޖާއު ދެކެމުން އަންނަ އެންމެ ބޮޑު އެއްހުވަފެނެވެ. ބޭނުންވަނީ އަދިވެސް އުގެނޭށެވެ. އިލްމް ހޯދުމަކީ ނިމުމެއް ނުވާ ކަމަކަށް ވާތީއެވެ.

4 ވަނަ ކައުންސިލް އައުމާއެކު 7 އަމާޒެއް އެކުލަވާލައި އެއަމާޒުތަކަށް ވާސިލްވުމުގައި ކާމިޔާބު ހޯދިއެވެ. ކުޑަކުޑަ ރަށަކަށްވީނަމަވެސް، އެތައް ޕްރޮޖެކްޓްތަކެއް ރަށައް ހޯދައިދިނުމުގައި ފަހަތަށްޖެހުމެއް ނެތި ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކީ ކުރު މުއްދަތެއްގެ ތެރޭގައި އ.އ.ބޮޑުފޮޅުދޫ  ތަރައްޤީވެގެން ދިއުމެވެ. ރަށުގެ ތަރައްޤީއަށްޓަކައި، އެކަމަކީ ދީނާއި ހިލާފު ނޫން ކަމެއްނަމަ، ހަމަކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުރި ކަމުގެ ނަތީޖާގެ ފޮނިމީރުކަން މުޅި ބޮޑުފޮޅުދުއަށް ލިއްބައިދީފިއެވެ.

ރަށަށް މިބަދަލު ގެނެސްދިން ވެރިޔަކަށް ދާއިރާއަށް މިބަދަލު ގެނެސް ނުދެވޭންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ. އޭރުވެސް މިހާރުވެސް އަބަދުވެސް ރައްޔިތުންނަށްޓަކައި މަސައްކަތް ކުރުމުގައި ދެމިހުރިމީހަކެވެ. ދާއިރާގެ ކޮންމެ ރަށެއްގެ ކައުންސިލާވެސް ނުހަނު ގުޅުން އޮވެއެވެ. ހިތްހެޔޮވެފައި އޯގާތެރިއެވެ. ރަށްޔިތުންގެ ހައްޤުގައި، ކޮންމެ މީހަކާ ދިމާލަށް ކޮންމެ އެއްޗެއް ބުނަން ޖެހުނު ނަމަވެސް، ބުނަން ކެރޭ އެހިތްވަރު ހުރި ޤާބިލް ފަރާތެކެވެ.

ވުމާއެކު ސުވާލަކީ 2024 ވަނަ އަހަރުގެ މަތިވެރީ ދާއިރާގެ ގޮނޑިއަށް މިޗޮއިސް ކިހިނެތްވާނެތޯއެވެ؟

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *