Ad

ރައީސް ޔާމީން ގޭބަންދުން ދޫކޮށްލައިފި

ކޮރަޕްޝަނާއި މަނީލޮންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން މާލޭ ބަންދަށް ބަދަލުކޮށްފިއެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ރައީސް ސޯލިހު ބަލިކުރައްވާ ޑރ. މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ރައީސް ސޯލިހުގެ ކިބައިން އެންމެ ފުރަތަމަ އެދިވަޑައިގަތީ ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދެއްވުމަށެވެ. އިންތިހާބީގެ ރައީސް އެހެން އެދިވަޑައިގެންފައިވަނިކޮށް އޭގެ އަނެއްދުވަހު ރައީސް ރާމީން ވަނީ ގޭބަންދަށް ބަދަލުކުރައްވާފައެވެ. އަދި އޭގެ ފަހުން މިހާތަަނަށް އެމަނިކުފާނު ހުންނެވީ ގޭބަންދުގައެވެ،

މައުލޫމާތުލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ މާލޭ ބަންދަށް ދޫކޮށްލީ ރައީސް ސޯލިހާ މިއަދު ބޭއްވި މަޝްވަރާތަކަށްފަހުގައެވެ. އެމަނިކުފާނު ގޭބަންދުން ދޫކޮށްލީ އާންމު ޖަލްސާތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކުރެވޭ ގޮތަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި 2 ދައުވާވެސް ސާބިތުވެ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މިހުކުމް އެމަނިކުފާނު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. މި މައްސަލައިގެ ޝަރީއަތް ހައިކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ،

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *