Ad

ޣައްޒާއަށް އެހީވުމަށް ވަކީލު ޝަޒީމުގެ ފަރާތުން "އެއްލައްކަ" ރުފިޔާ ހަދިޔާކޮއްފި

ޣައްޒާއަށް އެހީވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންޑްހޯދުމުގެ މަސައްކަތްކުރަމުން މިހާރު ކުރަމުން އަންނައިރު، ޤާނޫނީ ވަކީލު ޝަޒީމު ވަޙީދުވަނީ ޣައްޒާއަށް އެހީވުމަށްޓަކައި އެއްލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ.

ޝަޒީމް ވިދާޅުވީ، ފައިސާ ހަދިޔާ އެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭނެކަން ޔަޤީންވުމުން ކަމަށެވެ. ޝަޒީމް ފާހަގަކުރެވިފައިވަނީ ފަލަސްތީނުގެ ދިފާއުގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ސޯޝަލް މީޑިއާގައި މަސައްކަތްކުރަމުން އަންނަ ފަރާތެއްގެ ގޮތުގައެވެ. ޝަޒީމުއަކީ ރާއްޖޭގައި ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރަމުން އަންނަ ޤާނޫނީ ކުޅަދާނަ ވަކީލެކެވެ.

ޣައްޒާއަށް ފަންޑު ހޯދުމަށްޓަކައި، އެކި ފެންވަރުގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. މިހުރިހާ ކަމެއްގައި އެންމެ އިސް ސަފުގައި ޒުވާނުން ތިބިކަންވެސް ފާހަގަކުރަންޖެހެއެވެ. ރާއްޖެއަކީ އަބަދުވެސް ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންގެ ދިފާޢުގައި މަސައްކަތްކުރަމުން އަންނަ ޤައުމެކެވެ. މީގެ ކުރީގައިވެސް ޣައްޒާގެ ރައްޔިތުންނަށްޓަކައި ބައިނަލް އަޤްވާމީ ފެންވަރުގައި ރާއްޖޭގައި މަސައްކަތްކުރެވުނެއެވެ.

ޣައްޒާގައި ހިނގަމުން އަންނަ ހަނގުރާމައަށް މަސްދުވަސް ވުމާއި ގާތްވެފައިވާއިރު، ހަނގުރާމަ ނިމޭނެކަމުގެ އެއްވެސް އިޝާރާތެއް އަދިވެސް ނުފެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *