Ad

މަގާމަކަށް ކުރިމަތިލާންކެރެން ވާނީ ތިމާ ބޭނުންވެގެން ރައްޔިތުންނަށް ހިދުމަތެއްދޭން: ހުސެއިން ވަހީދު

މަގާމަކަށް ކުރިމަތިލާންކެރެން ވާނީ ތިމާ ބޭނުންވެގެން ރައްޔިތުންނަށް ހިދުމަތެއްދޭންކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހުސެއިން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވަނީ މިހާތަނަށް ޕީީޕީއެމް ޕީއެންސީގައި ހިމެނޭ އިތުރު މެމްބަރަކު މޭޔަރު ކަމަށް ކުރިމަތި ލާން އުޅޭކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ހުސެއިން އެ ވިދާޅުވީ ރައީސް ޔާމީން ދައުރުގައި ރައީސް އޮފީހުގެ މިނިސްޓަރު އާޒިމާ ޝުކޫރުގެ ވާހަކައެވެ. އާޒިމާ ވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ. އަދި މާލޭ ސިޓީގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުގައްމަދު މުއިއްޒުގެ ތާއީދު ވެސް އޮތީ އެކަމަނާއަށް ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އާޒިމާއަކީ ޕީޕީއެމް ނުވަތަ ޕީއެންސީގެ ދަފްތަރުގައި ހިނެނޭ މެމްބަރެއް ނޫނެވެ. ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައިވެސް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ކެމްޕެއިނަކުން އެކަމަނާ ފެނިފައެއް ނުވެއެވެ.

ހުސެއިން ވިދާޅުވީ، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ޕްރައިމަރީއެއް އޮތިއްޔާ އެކަމަށް ތައްޔާރު ކަމަށާއި ނަމަވެސް އެކޯލިޝަނުން އިތުރު މެމްބަރަކު މޭޔަރު ކަމަށް ކުރިމަތިލާން ނިންމާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ބައެއް ބޭބޭފުޅުން ސުވާލު ކުރާތީ ދަންނަވާލަން.
1- މޭޔަރު ކަމަށް ނިކުންނަންވީ ވަކި ވެރިއެއްގެ ތާއީދު ހަމައެކަނި އޮވެގެންކަމަށް ބުނުމަކީ ހެޔޮވާހަކައެއްކަމުގައި އަޅުގަނޑު ނުދެކެން، މަގާމަކަށް ކުރިމަތިލާންކެރެން ވާނީ ތިމާ ބޭނުންވެގެން ރައްޔިތުންނަށް ހިދުމަތެއްދޭން. އަޅުގަނޑުގެންގުޅޭނީ އެ ވިސްނުން.
2- އަޅުގަނޑު އުޅެ ބޮޑުވި މާހައުލުގައި ހުރި މައްސަލަތަކަކީ އަޅުގަނޑުވެސް އަދި މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންވެސް ހައްލު ބޭނުންވެގެން އެދޭ ކަންކަން. އެ މައްސަލަތަކަށް ދެވޭނެ ފަރުވާއަކީ ކޮބައިތޯ ބެލުމަކީ އަދި ހަލުވި ކަމާއިއެކު އެފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަކީ އަޅުގަނޑުގެ އަމާޒު.
3- އަޅުގަނޑު ޕްރައިމަރީއެއް އޮތިއްޔާ އެކަމަކާއި ކުރިމަތިލާން ތައްޔާރު. މިހާތަނަށް ޕީީޕީއެމް ޕީއެންސީގައި ހިމެނޭ އިތުރު މެމްބަރަކު މޭޔަރު ކަމަށް ކުރިމަތި ލާން އުޅޭކަމެއް ނޭގެ. ޕާޓީއެއްގައި ނެތް ބައެއް ބޭބޭފުޅުންގެ ޝައުގެއް ނުއުފެދޭނެ ވާހަކައެއް ނޫން. ވޭތުވެ ދިޔަ 5 އަހަރު ސިއްރުންއުޅުނު ބޭފުޅުންވެސް ދޮރެއް ހުޅުވާލާފަ ހުސްވެދާނެ ކަމަށް ފެންނަ ގޮނޑިއަކާއި ދިމާލަށް ރީތި ކުލައެއްގެ ހެދުމެއް ނޫނީ ގަމީހެއް ތުރުކުރައްވައިގެން ދުއްވައިގަތުމަކީ ވެސް ވަރަށް ގާތް ކަމެއް.‏" ހުސެއިން ކުރެއްވި ޕޯސްޓެއްގައި ވެއެވެ.
ހުސެއިން ވަހީދު ކެމްޕެއިންގައި މާލޭގެ ބައެއް މީހުންނާ ބައްދަލުކުރައްވަނީ
ހުސެއިން ވަހީދު ވިދާޅުވީ އިންސާނީ ވަސީލަތް ތަރައްގީ ވުމަށް އެހީތެރިވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ވޭތުވެދިޔަ ކުރު މުއްދަތުގައި ސިޔާސީ ގޮތުނާއި ދުނިޔަވީކަންކަމަށް މަޝްވަރާކޮށް ބަހުސްކޮށްލާނެ ގިނަ ބަޔަކު އުފެދުމުގައި މަދަދުވެރިއަކަށް ވެވުނީތީ އުފާ ކުރަން الحمدالله. އެ ބާބު ނިމުނީ، އެ ބާބުގެ ތަޖުރިބާއާއި ދަރުހުގެ އަލީގައި އިތުރު ހިތްވަރަކާއި އެކު މުޅިން އައު ބަޔަކު އުފެއްދޭތޯ މަސައްކަތް ވަރަށް އަވަހަށް ފަށާނަން. އިންސާނީ ވަސީލަތް ތަރައްގީ ވުމަށް އެހީތެރިވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." ހުސެއިން ވިދާޅުވިއެވެ.

ކުރީގެ ޕޮލިސް ކޮމިޝަރު ހުސެއިން ވަހީދަކީ ރައްޔިތުންނާއި ފުލުހުންގެ ލޯބި ލިބިފައިވާ ހިންގުންތެރި ކުޅަދާނަ ލީޑަރެކެވެ. މާލޭ ސިޓީގެ މޭޔަރު ކަމަށް އެންމެ ޤާބިލް ބޭފުޅަކީ ހުސެއިން ކަމަށް ޝައްކު ކުރާނެ މީހަކު ނުހުންނާނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *