Ad

ފަސްއެނބުރި ނުބަލާނަން، މިތިބީ ރައީސް މުއިއްޒުއާއެކު ފިސާރި ސާބިތުވެ: އަދުރޭ

ފަސްއެނބުރި ނުބައްލަވާނެ ކަމަށާއި މިތިބީ ރައީސް މުއިއްޒުއާއެކު ފިސާރި ސާބިތުވެގެން ކަމަށް ސްޕެޝަލް އެންވޯއީ ޓުދަ ޕްރެޒިޑެންޓް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ޕީޕީއެމްްއިން ވަކިވެ އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި އަބްދުއްރަހީމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އަކީ "އެންމެ ފުރަތަމަ ގައުމު" އިސް ކުރާ ދެ ޕާޓީ ކަމަށާއި މިތިބީ ދިވެހި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ރައީސް، ޑރ. މުއިއްޒު އާއި އެކު ފިސާރި ސާބިތުވެ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ރައީސް، މުއިއްޒުގެ ސަރުކާރު ވެގެންދާނީ ދިވެހި ގައުމާ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް ކަމަށާއި ފަސް އެނބުރި ބެލުމެތް ނެތި އެބޭފުޅުންދާނީ ކުރިއަށް ކަމަށެވެ.

"ލޮބުވެތި ރައްޔިތުން ރައީސް، ޑރ. މުއިއްޒު އާއި އެކު ސާބިތުވެ ތިބުމަކީ ގައުމާ ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް. އަޅުގަނޑުމެން ކޮންމެ މީހަކަށްވުރެ މި ގައުމު މާ ބޮޑު" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލުގައި ބަންދުކުރެއްވުމާއެކު އިދިކޮޅު ކޯލިޝަން ހިންގީ އަދުރޭގެ ބެލުގެ ދަށުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އިލެކްޝަންގައި ވާދަކުރަންވަން ކެންޑިޑެންސީ ފޯމް ހުށައެޅުއްވުމާ ހަމައަށް އަދުރޭ އަކީ ރައީސް ޔާމީން އެންމެ އިތުބާރު ކުރައްވާ ފަރާތެވެ. ނަމަވެސް މުއިއްޒުގެ ކެންޑިޑެންސީ ފޯމް ހުށައެޅި ހިސާބުން ރައީސް ޔާމީން ވަނީ އަދުރޭއާ ގުޅުން ކަނޑާލާފައި ކަމަށް މައުލޫމާތުލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *