Ad

ރައީސް ޔާމީނު އަލަށް ހައްދަވާ ޕާޓީގެ ކުލައަކަށް "ދަނބު" ކުލަ!

ޕީޕީއެމްއިން ވަކިވެވަޑައިގެން ކުރީގެ ރައީސް ޔާމީނު އަލަށް އުފައްދަވާ ޕާޓީގެ ކުލައެއްގެ ގޮތުގައި ކަނޑައަޅާނީ އެމަނިކުފާނު އެންމެ ގަޔާވާކުލަ ދަނބު ކުލަ ނުވަތަ "ޕާރޕަލް" ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރައީސް ޔާމީނު އަލަށް އުފައްދަވާ ޕާޓީގެ ކުލައަކަށް "ޕާރޕަލްކުލަ ކަނޑައަޅާފައިވާއިރު، އެ ކުލައަކީ އެމަނިކުފާނުގެ ސިޔާސީ ކެރިއަރުގައި އެންމެ ފުރަތަމަ އިހުތިޔާރު ކުރި ކުލައެވެ. 

ޕާރޕަލް ކުލައަކީ ރައީސް ޔާމީނު އިސްނަންގަވައިގެން އެންމެ ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީކަމަށްވާ "ޕީޕަލް އެލަޔަންސް، ޕީއޭގެ ކުލައެވެ.

ޕީޕަލްސް އެލަޔަންސް ޕާޓީއަކީ މީގެ ފަނަރަ ވަރަކަށް އަހަރު ކުރިން 2008 ވަނަ އަހަރުގެ އޮގަސްޓްމަހު އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީކުރި ޕާޓީއެކެވެ. އިލެކްޝަން ކޮމިޝަނުން ޕީއޭ އުވާލާފައިވަނީ 2013 ވަނަ އަހަރެވެ.

ޕީއޭ އުފެއްދުމުގައި ރައީސް ޔާމިނާއެކު އޭރު ހަރަކާތްތެރިވެ ވަޑައިގެންނެވި އިސް ބޭފުޅުންނަކީ އެމަނިކުފާނުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި، އަދި އަދުގެ ސަރުކާރުގެ ހާރިޖީ ވަޒީރު މޫސާ ޒަމީރު އާއި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމެވެ. މި ދެ ބޭފުޅުންނަކީ ކުރީގައި ރައީސް ޔާމީނުގެ އެންމެ އަރިސް ދެ ބޭފުޅުންނެވެ. ރައީސް ޔާމީގެ ސިޔާސީ މަސައްކަތުގައި އެންމެ ގާތް މީހުންގެ ތެރޭގައި ހިމެނުނު އަދި މިހާރު "ސިޔާސީ ހަތުރެއް" ކަމަށްވާ އަދުރޭ ފޮނަދޫ ދާއިރާގެ މަޖިލީސް ގޮނޑިއަށް އެންމެ ފުރަތަމަ 2009 ވަނަ އަހަރު އިންތިހާބުވީ ޕީއޭގެ ޓިކެޓްގައި ދަނބު ކުލައިގައެވެ.

ރައީސް ޔާމީނު އަލަށް އުފައްދަވާ ޕާޓީގެ ކުލައެއްގެ ގޮތުގައި ޕާރޕަލް ކަނޑައަޅާފައިވާއިރު، ޕާޓީގެ ލޯގޯ އާއި އަސާސީ ޤަވާއިދުވެސް ވަނީ ފައިނަލްކޮށް ނިންމާފައެވެ. އައު ޕާޓީ އުފެއްދުމަށް އަންނަ އާދިއްތަދުވަހު އިލެކްޝަނަށް ފޯމް ހުށަހަޅާނޭކަމަށް މިކަމުގައި އެންމެ އިސްކޮށް އުޅުއްވާ މުހައްމަދު މަލީހް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ކިހިނެއް މިވީ ބޭބޭފުޅުގެ ޕާޓީ ޖަހައިގަނެގެން އުޅެފަ އެންމެ ފަހުން ޕާޓީ ދޫކޮށްލަން ނިންމީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *