Ad

ޔާނާ އެމްޑީއޭއަށް!

ކޮންޓެންޓް ކްރިއޭޓަރ އަދި ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މަރިޔަމް ޝިޔާނާ (ޔާނާ) އެމްޑީއޭއަށް ސޮއިކޮށްފިއެވެ.

ޔާނާ އެމްޑީއޭއަށް ސޮއިކޮށް ފޯމް ހަވާލު ހަވާލުކުރީ އެމްޑީއޭގެ ލީޑަރ އަޙްމަދު ޝިޔާމް އާއެވެ.

ޔާނާ ވަނީ މާލޭ ސިޓީ ކައުންސިލް އިންތިހާބަށް ޑރ މުއިއްޒު ކެމްޕޭން ކުރެއްވިއިރު މުއިއްޒުގެ ޕީއާރްޓީމުގައި އިސްކޮށް ޙަރަކާތްތެރި ވެފައެވެ.

މުއިއްޒުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލްއަށް ގެންދިޔަ ފުރަތަމަ މުއައްޒަފަކީ މީޑިއާ އޮފިސަރެއްގެ ގޮތުގައި ޔާނާއެވެ. ކައުންސިލްގައި 1 އަހަރު ދުވަހު މަސައްކަތް ކުރެއްވުމަށްފަހު ރާއްޖެއިން ބޭރުން ޑިޕްލޮމާއިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ހަޔަރ ޑިޕްލަމާއިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަަނޭޝަނަލް ރިލޭޝަން ވަނީ ހާޞިލްކޮށްފައިވެއެވެ.

ޔާނާ މަޝްޙޫރުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ޔާމީންގެ ތަރައްޤީގެ ކާމިޔާބީތައް ހިއްްސާކުރި ރަށްވެހި ތަރައްޤީގެ ޓީވީ ޕްރޮގްރާމްތައް ހުށަހަޅާދީގެންނެވެ. އަދި އޭގެ ފަހުން ޕީއެސްއެމް ކަނެކްޓްގެ މެނޭޖަރެއްގެ ގޮތުގައިވެސް މަސައްަކަތް ކޮށްފައިވެއެވެ.

އެމްޑީއަށް ސޮއިކުރުމަށްފަހު ޔާނާ ހާމަކުރި ގޮތުގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީއޭގެ ޓިކެޓްގައި ވާދަކުރުމަށް ޝައުޣުވެރިވާ ކަމަށެވެ.

މީގެކުރިން ޔާނާ ވަނީ އިރުވަރު އޮންލައިންގެ މެނޭޖިންގ އެޑިޓަރުގެ ކަމާއި، އެމްޓީޑީގެ ސެކެޓްރީ ޖެނެރަލް ކަމާއި، ކައުންސިލް މެމްބަރުކަމާއި އެޗްޑީސީގެ ކޮމިއުނިޓީ އެންގޭޖްމަންޓްގައިވެސް އިސްކޮށް ހަރަކާތްތެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *