Ad

މަސްވެރިން ގޮތް ހުސްވެއްޖެ! މިފްކޯއިން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާއިން މަސްވެރިންނަށް ދަރާފަ!

މަސްވެރިން މިފްކޯއަށް ކިރުފާފައިވާ މަހަށް ދޭންޖެހޭ 200 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް މަސްވެރިންނަށް ނުދޭކަން ހާމަވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ކުރިން މިފްކޯއިން ދިޔައީ މަސްވެރިން ކިރުވާ މަހަށް ކޮންމެ އާދީއްތަ ދުވަހަކު ލާރި ޖަމާކުރަމުންނެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފަހުން މަސްވެރިންނަށް ފައިސާ ދިނުމުގައި ލަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މިފްކޯއިން އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ މިއަހަރުގެ އޮކްޓޯބަރު 22 ވަނަ ދުވަހާ ހަމައަށް ކިރުވާފައިވާ މަހަށެވެ. މިފައިސާ ޖަމާކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އޭގެފަހުން މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިފައިސާ ދެވޭނެ ދުވަހެއް މިފްކޯއިން ހާމައެއް ނުކުރެއެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކޮށް މަސްވެރިން ދަނީ އެކި ޕްލެޓްފޯމްތަކުގައި ޝުއޫރު ފާޅުކުރަމުންނެވެ.

“އަޅުގަނޑުމެން މަސްވެރިން މި ތިބެނީ އަނގަޔާ އަތާ ދިމާނުވެއެވެ. ކުދިންގެ ޓިއުޝަންފީ އަދި އިންޓަރަވަލް، ޤުރުއާން ކުލާސްތަކުގެ ފީ، ބިލްތައް ނުދެއްކިފައެވެ. ނަމަވެސް މަނިކުފާނަށް ދަޢުލަތުގެ ހަޒާނާއިން ދަނީ ހުރިހާ އިނާޔަތެއްވެސް ލިބެމުންނެވެ” ފިޝަރީޒް މިނިސްޓަރަށް އެޑްރެސް ކުރައްވާ މަސްވެރިއަކު ލިޔެފައިވާ ސިޓީއެއްގައިވެއެވެ.

މި ސިޓީ ފެނުމާއެކު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ އެއަށް ޖަވާބުދެއްވާފައެެވެ. މިނިސްޓަރުގެ ޖަވާބުން މަސްވެރިން އެންމެ ބޭނުންވާ ސުވާލުގެ ޖަވާބެއް ނެތެވެ. ެއެއީ އެމީހުން ކުރި ބުރަ މަސައްކަތަށް އުޖޫރަ ދެވޭނެ ދުވަހެއް ނުވަތަ އެކަމާ ބެހޭ އެއްވެސް ވާހަކަފުޅެއް ނެތީމައެވެ. މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވީ، މީސްމީޑިޔާ މެދުވެރިކޮށް ފާޅުކުރެއްވި ކަންބޮޑުވުމަކީ ރައީސުލްޖުމުހޫރިއްޔާވެސް މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ވަރަށް އަވަސް ހައްލެއް ހޯއްދަވަން މަސައްކަތްޕުޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުމެއްކަމުގައެވެ.

މަސްވެރިންނަށްނަށް ދަރާފައި އޮތީ ހަމައެކަނި މިފްކޯއެއް ނޫނެވެ. ހޮރައިޒަންނާއި އެންސިސްއިންވެސް ވަނީ ބޮޑެތި އަދަދުތަކުން މަސްވެރިންނަށް ދަރައެވެ. މީގެތެރެއިން ހޮރައިޒަންއިން އަންނަނީ ކޮންމެ 14 ދުވަހަކުން ލާރި ޖަމާކުރަމުންނެވެ. ނަމަވެސް އެންސިސްއިން ބުނަނީ ލާރި ދިނުމުގައި މަހަކަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި ރައީސް ސޯލިހު ވެރިކަމާ ހަވާލުވިއިރު މިފްކޯއިން މަސްވެރިންނަށް ދަރާފައިއޮތީ 44 މިލިޔަން ރުފިޔާއެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ 2 ވަނަ ހަފްތާގައި މިފައިސާ ވަނީ މަސްވެރިންނަށްނަށްދީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *