Ad
ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އަޅާ ފުލެޓްތައް /ފޮޓޯ: އިރުވަރު އޮންލައިން
ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އަޅާ ފުލެޓްތައް /ފޮޓޯ: އިރުވަރު އޮންލައިން

ހިޔާ ފްލެޓާއި ވިނަރެސްގެ ކުލި ކުޑަކޮށްފި

ހިޔާ ފްލެޓާއި ވިނަރެސްގެ ކުލި ކުޑަކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް، ފްލެޓް ލިބުނު ފަރާތްތަކުން ކުރި ހަރަދުން 200،000ރ. އުނިކުރުމަށް ހިޔާ ފްލެޓްގެ ކުލި ހަތް އަހަރަށް ކުޑަކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސުމުން ކުރިއަށް އޮތް ހަތް އަހަރު ހިޔާ ފްލެޓްގެ މަހު ކުއްޔަށް ދައްކަން ޖެހޭނީ 3،900ރ. ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިނަރެސްގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ވެސް ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރަށްރަށުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި 3،300ރ. އަށް ކުޑަކުރަން ވެސް ވަނީ ނިންމައިފަ އެވެ.

"މިހާރު އޮންނަ ގޮތުން ކުރިއަށް އޮތް 7 އަހަރަށް ދައްކަން ޖެހެނީ 5،300 ރުފިޔާ. އެ ހަތް އަހަރު ދުވަހަށް ދެން ދައްކަން ޖެހޭނީ މަހަކު 3،984.21 ރުފިޔާ. މި އަގަށް ކުޑަވަނީ ކުރިއަށް އޮތް 7 އަހަރު ދުވަހަށް މިހާރު އެގްރީމެންޓަށް އަންނާނެ ބަދަލާއި އެކު. މުއްދަތަކަށް ބަދަލެއް ނާންނާނެ" މުއިއްޒު ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ…

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *