Ad

އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށްފި

އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށްފިއެވެ.

މިފްކޯ ވަކިކުންފުންޏަަކަށް ބަދަލުކުރާކަން އިއުލާނުކުރެއްވީ ކެބިނެޓް މީޓީން އަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްކޮންފަރެންސްގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެސްޓީއޯގެ ސަބްސިޑަޔަރީއެއްގެ ގޮތުގައި މިފްކޯ އޮތް އޮތުން ނިމުމަކަށް ގެނެސް 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރައްވަން ނިންމެވީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެއްވުމަށް ކަަމަށެވެ.

"އޭގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި، މަސްވެރިންނަށް އަޅުގަނޑު ވެފައިވާ ވައުދުތައް ހާސިލުވުމުގައި މަގުފަހިކުރުން،" ރައީސް ވިދާޅުވި އެވެ.

ރައިސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާކުރެވިގެންކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ، މަސްވެރިންނަށް ޚާއްޞަ ކޯޕަރޭޓިވްއެއް ޤާއިމުކުރައްވައި، އެ ކޯޕަރޭޓިވްއަކީ މިފްކޯގެ ހިއްސާދާރެއް ކަމުގައި ހެދުމަށް ނިންމަވާފައިވާ ކަންވެސް ހާމަ ކުރައްވާފައެވެ.

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި މިފްކޯ ފުރަތަމަ އުފެއްދީ ވަކިކުންފުންޏެއްގެ ގޮތުގަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މިފްކޯ ހިންގަމުންދިޔައީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.)ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *