Ad

ކުރީ ސަރުކާރުން ގެޒެޓްކޮށް އިއުލާންކުރި ގޮތަށް ފުލެޓްތައް ދޫކުރާނަން: ރައީސް ޑރ. މުއިއްޒު

ރައީސް ސޯލިހުގެ ސަރުކާރުން އިއުލާންކުރި ގޮތަށް ފުލެޓް ލިބޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ފްލެޓާއި ގޯތީގެ ކަންތައް ކުރިއަށް ގެންދަވާނީ އޭރު ވައުދުވެވަޑައިގެންނެވި ގޮތަށް ކަމަށެވެ. އޭރު ގެޒެޓް ކުރި ލިސްޓްތަކުގައި ހިމެނޭ މީހުންގެ ތެރެއިން ލިއުމެއް ނުލިބި ހުރި މީހުންނަށް ވެސް ފްލެޓާއި ގޯތި ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރަސްމީކޮށް ގެެޒެޓްކޮށްފައި އޮވެއްޖެއްޔާ އެމީހާއަށް އެއޮތީ ފްލެޓް ނުވަތަ ގޯތި ލިބިފައި. އަދި ލިޔުން ނުލިބިވެސް ހުރެދާނެ ބައެއް ފަރާތްތަކަށް، ރަޖިސްޓްރީ ނުހެދި ވެސް ހުރެދާނެ. އެއީ އަދި އެހެން ކަމެއް، އެެހެންވީމާ ފައިނަލް ލިސްޓެއް ގެޒެޓްކުރެވިފައި އޮވެއްޖެއްޔާ އެއޮތީ ސަރުކާރުގެ ނިންމުމެއް. ދެން ސަރުކާރުގެ ނިންމުމެއް އޮވެއްޖެއްޔާ ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

ތަފްސީލް އަންނަނީ..

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *