Ad

500 އަށްވުރެ ގިނަ ފޯމާއެކު ޕީޕީއެމް/ޕީއެންސީގެ ކިނބިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް އަސްލަމް ފޯމު ހުށައަޅައިފި

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަސްލަމް ފޯމް ހުށައަޅައިފިއެވެ. އަސްލަމް ވާދަކުރައްވަނީ ކިނބިދޫ ދާއިރާގެ ޕްރައިމަރީގައެވެ.

ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށައެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ކިނބިދޫ ދާއިރާއިން ޕީއެންސީއާ ގުޅުނު 500އަށްވުރެ ގިނަ މީހުންގެ ފޯމު ވަނީ ހަވާލުކޮށްފައެވެ. ޕީއެންސީ އޮފީހުގައި އޮތް މި ރަސްމިއްޔާތުގައި އަސްލަމްގެ ކެންޑިޑެންސީ ފޯމާއި އަދީ ޕީއެންސީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތަކާ ހަވާލުވީ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަބްދުއް ރަހީމެވެ.

އަސްލަމަކީ ކިނބިދޫ ދާއިރާއަށް ފަރިތަ ރައްތިތުންނާ ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.

ޕީޕީއެމް/ޕީއެންސީ ޓިކެޓް ހޯދުމަށް ބާއްވާ ޕްރައިމަތީގައި ވާދަކުރުމުގެ ފުރުސަތު އިއްޔެއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޕީޕީއެެމް/ޕީއެންސީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 23 ވާ ހޮނިހިރު ދުވަހު 10:00 އިން 16:00 އަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *